ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 01:08
އުދަ އަރައިގެން ފެންބޮޑުވުން ރައްކާތެރިކުރަން ވެލި ބަސްދާ ޖެހުމުގެ މަސައްކަތް ކުރަނީ
އުދަ އަރައިގެން ފެންބޮޑުވުން ރައްކާތެރިކުރަން ވެލި ބަސްދާ ޖެހުމުގެ މަސައްކަތް ކުރަނީ
މޯލްޑިވްސް ޕޮލިސް ސާރވިސް
އުދައެރުން
އދ. ދިއްދޫއަށް އުދައަރަމުންދާތީ ސަމާލުވުމަށް އަންގައިފި
 
އެރަށަށް ވަރަށް ބޮޑަށް އުދައިގެ އަސަރު ކޮށްފައިވޭ
 
ފެން ބޮޑުވިޔަ ނުދިނުމަށް ގޮނދުދޮށް ސަރަހައްދުގައި ވެލި ބަސްދާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން
 
ދިއްދޫ ކައުންސިލާއި ފުލުހުން ގުޅިގެން، ދަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން

އދ. ދިއްދޫއަށް އުދަ އަރަމުންދާތީ ކުރިމަތިވެދާނެ ގެއްލުންތަކައް ރައްކާތެރިވުމަށް އެރަށު ރައްޔިތުންނަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މިކަމާއި ބެހޭގޮތުން ބުދަ ދުވަހު ފުލުހުން ކޮށްފައިވާ ޓްވީޓެގައި ބުނެފައިވަނީ ދިއްދޫ ކައުންސިލާއި ފުލުހުން ގުޅިގެން ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ. އެގޮތުން، އުދައިގެ ސަބަބުން ރަށުތެރޭގައި ފެން ބޮޑުވިޔަ ނުދިނުމަށް ގޮނޑުދޮށް ސަރަހައްދުގައި ވެލި ބަސްދާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ފުލުހުން ހިއްސާ ކޮށްފައިވާ އެ ޓްވީޓުގައި ހިމަނާފައިވާ ވީޑިއޯއިން، އެރަށަށް ވަރަށް ބޮޑަށް އުދައިގެ އަސަރު ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަތިރިމައްޗާ ކައިރީގައި ހުރި ބައެއް ގެތަކާ ހިސާބަށް ފެންގަނޑު ދައުރުވާ މަންޒަރު އެ ވީޑިއޯއިން ދައްކުވައިދެއެވެ.

ޅ. ކުރެންދޫއަށްވެސް އުދައިގެ އަސަރުކޮށްފައިވާތީ އެކަމަށް ސަމާލުވުމަށް އެރަށުގެ ރައްޔިތުންނަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. އަދި ދިއްދޫ އެކޭ އެއްފަދައިން ކުރެންދޫއަށް އުދައިގެ ސަބަބުން ވެދާނެ ގެއްލުންތަކައްވެސް ކައުންސިލާ ގުޅިގެން، ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް