ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 18:39
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ
މުހައްމަދު ޝަރުހާން
ރައީސް ޔާމީންގެ ޝަރީއަތް
ޔާމީންގެ މައްޗަށް ހެކި ނުދެއްވާނެ ކަމަށް ވިދާޅުވި ޕޯސްޓް ލުތުފީ ޑިލީޓް ކުރައްވައިފި
 
ލުތުފީ ވަނީ އޭސީސީ އިން އިސްތިއުފާ ދެއްވާފައި
 
ރައީސް ޔާމީންއާ ދެކޮޅަށް ހެކިބަސް ނެގުން، ބުރާސްފަތި ދުވަހުގެ 9:30 އަށް ވަނީ ތާވަލްކޮށްފައި
 
ލުތުފީއަކީ ރައީސް ޔާމީނާއި ދެކޮޅަށް ހުށައަޅާފައިވާ ހެއްކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލައުންޑަރިންގ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ނުދެއްވާނެކަމަށް ވިދާޅުވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަމިއްލަފުޅު ފޭސްބުކްގައި ކުރެއްވި ޕޯސްޓް ޑިލީޓް ކުރައްވައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި އެމަނިކުފާނާއި ދެކޮޅަށް ހުށައަޅާފައިވާ ޝަފައީ އަށް ހެކީގެ ތެރެއިން ލުތުފީއަކީ އެއް ހެއްކެކެވެ.

މަނީ ލޯންޑަރިންގެ ދައުވާގައި ހެކިބަސް ނެގުމުގެ ޝަރީއަތް ބުރާސްފަތި ދުވަހުގެ 9:30 އަށް ވަނީ ތާވަލް ކޮށްފައި ވަނިކޮށް ލުތުފީ އޭނާގެ ފޭސްބުކްގައި ބުދަ ދުވަހު ވިދާޅުވެފައިވަނީ އަދުލުވެރި ހެކިބަހެއް އަދާކުރުމުގެ ފުރުސަތު ނެތަތީ އާއި އަދިލުވެރި ހެކިބަހެއް އަދާ ކުރެވޭ ފަދަ މާހަވްލެއް މިހިނދަށް ގާއިމްވެފައި ނެތުމުގެ ސަބަބުން ފުރާނައަށް އޮތް ނުރައްކަލައަށްޓަކައި މައްސަލައިގެ ހެކިބަސް އަދާކުރުމުން ތަނާޒުލްވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށެވެ.

ލުތުފީ ވިދާޅުވީ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދާއެކު ޔާމީންއާ ބައްދަލުކުރައްވާފައި ނުވާނެ ކަމަށާއި އަދި އެ މައްސަލައިގައި ވަކިން ވެސް ޔާމީންއާ ބައްދަލު ކުރައްވާފައި ނުވާކަމަށެވެ. އަދި ފޯނު ކުރައްވާފައި ވެސް އެ ފައިސާއާ ހަވާލުކުރުމާ ގުޅޭ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތަށް އަންގާފައިނުވަނީ އޭރު އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅިފައި ނުވާތީކަމަށް ލުތުފީ ވިދާޅުވިއެވެ.

ނަމަވެސް އެޕޯސްޓް ކުރެއްވިތާ ގާތްގަނޑަކަށް ތިން ގަޑިއިރެއްހާ ފަހުން އެޕޯސްޓް ވަނީ އޭނާގެ ފޭސްބުކުން ނަންގަވާފައެވެ.

ފޭސްބުކްގައި ލުތުފީ ކުރެއްވި ޕޯސްޓް. އެޕޯސްޓް މިހާރު ވަނީ ނަންގަވާފައި
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
31%
0%
0%
38%
0%
31%
ކޮމެންޓް