ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 18:33
ދަ އަންޑަރ ވޯޓަރ ވޯލްޑް އޮފް މޯލްޑިވްސް\' އެންޑް ކްރާފްޓް ވޯރކްސް ބައި ޑރ. ނާއިލާ މަޢުރަޒު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުއްވައިދެއްވުން
ދަ އަންޑަރ ވޯޓަރ ވޯލްޑް އޮފް މޯލްޑިވްސް' އެންޑް ކްރާފްޓް ވޯރކްސް ބައި ޑރ. ނާއިލާ މަޢުރަޒު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުއްވައިދެއްވުން
ރައީސް އޮފީސް
އަންޑަރވޯޓަރ ވޯލްޑް އޮފް މޯލްޑިވްސް އެންޑް ކްރާފްޓ
ޑރ. ނާއިލާގެ މަޢުރަޒު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުއްވައިދެއްވައިފި
 
މައުރަޒުން 50 ހަށް ވުރެ ގިނަ އުފެއްދުންތައް ފެނިގެންދާނެ
 
މައުރަޒުގައި ފެނިގެންދާނީ ރާއްޖޭގެ ކަނޑު އަޑީގެ ރީތި މަންޒަރުތައް
 
މައުރަޒު ކުރިއަށް ދާނީ އޮގަސްޓް 21 އިން 24 އަށް

ޑރ. ނާއިލާ އިބްރާހިމް ދީދީގެ ކުރެހުންތަކާއި އަތްތެރި މަސައްކަތްތައް ދައްކުވައިދޭ މައުރަޒު، "އަންޑަރވޯޓަރ ވޯލްޑް އޮފް މޯލްޑިވްސް އެންޑް ކްރާފްޓް ވަރކްސް" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ހުޅުއްވައިދެއްވައިފި އެވެ.

އޮގަސްޓް 21 އިން 24 އަށް ނޭޝަނަލް އާރޓް ގެލަރީގައި، ކްރާފްޓްސް އެންޑް ކްރިއޭޝަންސް އިން ބާއްވާ މި މައުރަޒް ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ގިނަ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މައުރަޒަކީ ޑރ. ނާއިލާގެ ތިން ވަނަ މައުރަޒެވެ. ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ދައްކުވައިދޭ ގިނަ ކުރެހުންތަކަކާއި އަތްތެރި މަސައްކަތްތައް މި މައުރަޒުން ފެނިގެންދާއިރު މައުރަޒުގެ ކުރެހުންތަކާއި ތަކެތި ބޭނުންވާ ފަރާތްތަކަށް ގަންނަން ލިބިގެންދާނެއެވެ.

ދަ އަންޑަރ ވޯޓަރ ވޯލްޑް އޮފް މޯލްޑިވްސް' އެންޑް ކްރާފްޓް ވޯރކްސް ބައި ޑރ. ނާއިލާ މަޢުރަޒު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުއްވައިދެއްވުން

މިފަހަރުގެ މައުރަޒުގައި 1999 ވަނަ އަހަރުން ފެށިގެން ޑރ. ނާއިލާ ކުރައްވާފައިވާ މަސައްކަތްތައް ފެނިގެންދާނެ ކަމަށް އެނާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުނެރިވެރި ޒުވާން ކުރެހުންތެރިން އެބަތިބިކަމަށާއި ކޮންމެ ކުއްޖަކުވެސް މަސައްކަތް ކޮށްފިއްޔަ ކާމިޔާބު ވާނެކަމަށް ޑރ. ނާއިލާ ވިދާޅުވިއެވެ.

ޑރ. ނާއިލާގެ ފުރަތަމަ ދެ މައުރަޒު ބާއްވާފައިވަނީ 1996 އާއި 1998 ދެމެދުއެވެ. 50 ހަށްވުރެ ގިނަ ކުރެހުންތައް މިފަހަރުގެ މި މައުރަޒުން ފެނިގެންދާއިރު ޑރ. ނާއިލާ ވަނީ އޭގެތެރެއިން ކުރެހުމެއް ރައީސްގެ ދެ ކަނބަލުންނަށްވެސް އަރުއްވާފައެވެ.

ޑރ. ނާއިލާ އަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަންހެނުންގެ ހާއްސަ ޑޮކްޓަރެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް