ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 19:02
ނޭޕާލް އަދި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން
ނޭޕާލް އަދި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން
ވީމީޑިއާ
ސެންޓްރަލް ޒޯން ވޮލީ މުބާރާތް
ސެންޓްރަލް ޒޯން: ނޭޕާލް ސީދާ ތިން ސެޓުން ބަލިކޮށް ރާއްޖެ ސެމީ ފައިނަލަށް ދަތުރު ކޮށްފި
 
މެޗުން ރާއްޖެ މޮޅުވީ ސީދާ ތިން ސެޓުން

ނޭޕާލުގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި މުބާރާތް ބާއްވާ ގައުމު ނޭޕާލް ބަލިކޮށް ސެމީ ފައިނަލަށް ދިވެހިރާއްޖޭގެ ވޮލީ ޓީމު ދަތުރުކޮށްފިއެވެ.

މި މެޗުން ރާއްޖެއިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.

ނޭޕާލުގެ އެތަށް ސަތޭކަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖެއިން ވަނީ މޮޅަށް ކުޅެފައެވެ. އެގޮތުން ރާއްޖެއިން މި ސެޓު ގެންދިޔައީ 25-22 އިންނެވެ.

މެޗުގެ ދެވަނަ ސެޓުގައި ނޭޕާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ދެވަނަ ސެޓުގެ ކުރީ ކޮޅު ނޭޕާލުން ލީޑު ކުރި ނަމަވެސް ރާއްޖެއިން މޮޅު ކުޅުމެއް ސެޓުގެ ނަތީޖާ ވަނީ ރާއްޖެ ކޮޅަށް އަނބުރައިލައިފައެވެ. މި ސެޓު ރާއްޖެއިން ގެންދިޔައީ 25-21 އިންނެވެ.

މެޗުގެ ތިންވަނަ ސެޓުގައި ނޭޕާލުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔައިރު ރާއްޖެއިން ވަނީ މި ސެޓު ފަސޭހަ ކަމާއެކު ކާމިޔާބުކޮށް ސެމީ ފައިނަލްގެ ޖާގަ އެއް ކަށަވަރު ކޮށްފައެވެ. މި ސެޓު ރާއްޖެއިން ގެންދިޔައީ 25-14 އިންނެވެ.

ރާއްޖޭގައި ބޭއްވުނު ސެންޓްރަލް ޒޯން މުބާރާތުން ރާއްޖެ ކެޓީ ނޭޕާލް އަތުން ތިން ސެޓު އެއް ސެޓުން ބަލިވުމުންނެވެ.

މެޗަށްފަހު ރާއްޖެ ޓީމުގެ ކޯޗު ބުނީ ނޭޕާލުގައި ނޭޕާލުގެ އެތަށް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި މޮޅު ކުޅުމެއް ދައްކައި ސެމީ ފައިނަލަށް ދެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ރާއްޖެއިން އޮތީ ވަރަށް ފޯމުގައި ކަމަށާއި ރާއްޖެޓީމުން މޮޅަށް ކުޅޭނެ ކަމަށެވެ.

ރާއްޖޭގެ ޓީމުގެ ކެޕްޓަން ހުޒާންޓޭ ބުނީ މި މުބާރާތާއި ރާއްޖެއިން ކުރިމަތިލީ ޓާރގެޓަކާއި އެކީ ކަމަށާއި ރާއްޖޭގެ ކުޅުންތެރިން ނޭޕާލް އަތުން ތިން ބަލި ބޭނުން ނުވާ ކަމުގެ ނަތީޖާ މިއަދުގެ މެޗުން ފެނިގެން ދިޔަކަމަށެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ ލަންކާއާއި ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ. އަދި މުބާރާތާއި ރާއްޖޭގެ ޓީމު ކުރިމަތިލީ ރަން މެޑައްޔަށް އަމާޒު ހިފައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
20%
40%
20%
0%
0%
20%
ކޮމެންޓް