ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 18:55
އައު ކަންތައްތަކެއް ފެނިގެންދާނެ ކަމަށް އުގައިލް ވިދާޅުވި
އައު ކަންތައްތަކެއް ފެނިގެންދާނެ ކަމަށް އުގައިލް ވިދާޅުވި
ޓްވިޓަރ
އުކުޅަސް ޓެކް ފެއަރ
އުކުޅަސް ޓެކް ފެއަރގެ ސަބަބުން ދިވެހިވަންތަ ޓެކްނޮލޮޖީތައް އުފަންވެގެންދާނެ: އުގައިލް
 
ބޭނުންވަނީ ''ޖަޒީރާ'' ވަންތަކޮށް ކުރިޔަށް ގެންދަން
 
މަސްނުވީ ވިސްނުމަށް ބޮޑަށް އަލިއަޅުވާލާނެ ކަމަށް ވިދާޅުވި
 
މިއީ ރާއްޖެއަށް ލިބިގެން ދިޔަ ''ރަނުގެ'' ފުރުސަތެއް ކަމަށް ވިދާޅުވި

އއ. އުކުޅަހުގައި ބާއްވާ ޓެކް ފެއަރ އަދި އިންޓަނޭޝަނަލް ކޮންފަރެންސްގެ ސަބަބުން ދިވެހިވަންތަ ޓެކްނޮލޮޖީތައް އުފަންވެގެންދާނެ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އުކުޅަހުގައި ބާއްވާ ފެއަރގައި އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 އަކަށް ސައިންޓިސްޓުން ބައިވެރިވާނެއެވެ. އެ މަހާސިންތާ ދެބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ފުރަތަމަ ބަޔަކީ އިންޓަނޭޝަނަލް ކޮންފަރެންސް އަދި ދެވަނަ ބަޔަކީ ޓެކް ފެއާގެ ބަޔެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ޕްރޮފެސަރު އުގައިލް ވިދާޅުވީ، އެ މަހާސިންތާ ރާއްޖޭގައި ބާއްވަން, އެކަން އިންތިޒާމުކުރާ ފަރާތުން މީގެ ކުރިންވެސް އެދިފައިވާ ކަމަށެވެ. ކޮންފަރެންސް އާއި ފެއަރ މާލެގައި ނުވަތަ ރިސޯޓުގައި ވެސް ބޭއްވެން އޮތް ކަމަށާއި، ނަމަވެސް ތަފާތު ކުރުމުގެ ގޮތުން ބޭނުންވީ އެ ކޮންފަރެންސް ''ޖަޒީރާ'' ރަށެއްގައި ބޭއްވުމަށް ކަމަށެވެ.

އެ މަހާސިންތާ ގައި މަސްނުވީ ވިސްނުމުގެ ދާއިރާ ވަަރަށް ފުޅާގޮތެއްގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށާއި، އެ ދާއިރާގެ ފުންނާބު އުސް ޕްރޮފެސަރުން ވެސް ބައިވެރިވާނެ ކަމަށް އިނގިރޭސިވިލާތުގެ ބްރަޑްފޯޑް ޔުނިވާސިޓީ ގައި ކިޔަވާދެއްވާ އުގައިލް ވިދާޅުވިއެވެ.

ގާތްގަޑަކަށް 250 އަކަށް މީހުން އެ މަހާސިންތާ ގައި ބައިވެރިވެއެވެ.

ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ޓެކްނޮލޮޖީ ގެނެވިދާނެކަން ފާހަގަކުރައްވަމުން އުގައިލް ވިދާޅުވީ، ރާއްޖޭގެ ޓެކްންލޮޖީ ތައްޔާރުކުރަން ޖެހެނީ ދިވެހިވަންތަ ގޮތަށް ކަމަށެވެ. އުގައިލް ވިދާޅުވީ، ސަރުކާރުގެ އެކި ފަރާތްތަކުން ފެއަރ ގައި ބައިވެރިވުމުގެ ސަބަބުން ގިނަ ދިވެހި އުފެއްދުންތައް ނިކުމެގެން ދާނެ ކަމަށް ގަބޫލްފުޅު ކުރައްވާ ކަމަށެވެ.

މި ތަނަށް އެއް ކުރެވޭ ސަރުކާރުގެ ގިނަ މުއައްސަސާތަކުގެ ބޭފުޅުން އިނގޭތޯ. އެކި މުއައްސަސާތަކުގެ ބޭފުޅުން. ވަރަށް ގިނަ ތަފާތު މުއައްސަސާގެ ބޭފުޅުން މި ޓެކް ފެއަރ ގައި ބައިވެރިވޭ. އެހެންވީމާ އޭގެ ސަބަބުން އަޅުގަނޑުމެން އެކަކު އަނެކަކު އިންޓަރެކްޝަން އެކަކު އަނެކަކަށް ގުޅުން ބަދަހިވެ ތަފާތު އައިޑިއަރސްތައް. ދިވެހި ޕްރޮޑަކްޓްސްތަށް މީގެ ތެރެއިން ނިކުންނާނެ.
ޕްރޮފެސަރު ހަސަން އުގައިލް

ކޮންފަރެންސް ޓޫރިޒަމް ފުޅާގޮތެއްގައި ރާއްޖޭގައި ކުރިޔަށް ގެންދެވިދާނެ ކަމަށާއި، ގިނަ ސައިންސްވެރިން ތަކެއް ރާއްޖެ ވަޑައިގަތުމަކީ މީހުންގެ ހޭލުންތެރިކަން އިތުރުވުމަށް ލިބިގެންދިޔަ ފުރުސަތެއްގެ ގޮތުގައި އުގައިލް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
24%
47%
0%
6%
6%
18%
ކޮމެންޓް