ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 17:07
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި
ޝުއައިބް މުހައްމަދު އިގްބާލް
ރައްޔިތުންގެ މަޖިލިސް
ނަޒީރާއި، މާޖިދުގެ މަގާމު ގެއްލޭގޮތަށް ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހްތައް ފާސްކޮށްފި
 
ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް ވަކިކުރާނީ ޖޭއެސްސީން

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި އެވެ.

ޖޭއެސްސީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެވެ. ޖުޑިޝަރީ ކޮމިޓީން ގެނައި ބަދަލުތަކާއެކު އެބިލް ފާސްކޮށްފައިވަނީ ހާޒިރުވެވަޑައިގެން ތިއްބެވި 62 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެބިލްގައިވާގޮތުން އައު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގާނީ މިހާރު އޮތް ޑީޖޭއާއި ޚިލާފަށް، ޗީޕް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުންނެވެ. އޭގެ ކުރިން ޑީޖޭއޭ ހިންގަމުން ދަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ. އަދި ބިލްގައިވާ ގޮތުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް، ވަކިކުރާނީ ޖޭއެސްސީންނެވެ. އެހެންކަމުން ޑީޖޭއޭގެ ނަމުގައި އާ އިދާރާއެއް އުފެއްދުމާއި ގުޅިގެން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ނަޒީރުގެ މަގާމު ގެއްލޭނެ އެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް ބޭފުޅަކު އައްޔަންކުރުމާއި އެ މަގާމުގައި ހުންނަ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ބާރު އެ ބިލުން ދީފައިއޮތީ ޖޭއެސްސީއަށް ކަމުގައިވިޔަސް ޑީޖޭއޭގެ ހުރިހާ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެޑިޕާޓްމަންޓްގެ އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް، އައު ޑީޖޭއޭގެ ދަށަށް ބަދަލުވާނެ ކަމަށް ބިލަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.

އޭގެއިތުރުން ފަނޑިޔާރަކު މަސައްކަތް ކުރަމުންއައި ކޯޓު އުވިގެންދާ މަރުޙަލާ ފިޔަވައި، އެހެން ޙާލަތްތަކުގައި، އެއްވެސް ފަނޑިޔާރަކު އޭނާ ޢައްޔަންކުރެވޭ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރަންވާނީ، ޖުޑީޝަލް ކައުންސިލްގެ ހުށަހެޅުމަކަށް ކަމަށާއި ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރާނަމަ، ބަދަލުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތް ކުރަމުން އައި ކޯޓާ އެއްފަދަ، އެއް ދަރަޖައެއްގެ ކޯޓަކަށް ކަމަށް ވެސް އެ ބިލްގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް