ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 17:42
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ބަލައިގެންފި
 
ބިދޭސީ އެއްވެސް ފަރާތަކަށް ފޮރިން އިންވެސްޓްމެންޓާއި ބެހޭ ގާނޫނުގެ ދަށުން ހުއްދަ ނުނަގާ ވިޔަފާރިއެއް ނުކުރެވޭނެ
 
އިސްލާހުތަކުގެ ތެރޭގައި ސަރުކާރުގެ ހުއްދަހޯދަންޖެހޭ ވިޔަފާރިއަކަށް ވާނަމަ އެ ވިޔަފާރިއަށް ފެށޭނީ ހުއްދައާއިއެކު
 
މަޖިލީހުން މި ބިލް ބަލައިގެންފައިވަނީ 68 މެމްބަރުންގެ ވޯޓުން

ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މަޖިލީހުން މި ބިލް ބަލައިގެންފައިވަނީ 68 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު ބެނުމަކީ އެކިއެކި ވިޔަފާރިތައް ރަޖިސްޓްރީ ކުރެވޭ އުސޫލްތައް ހަރުދަނާ ކުރުމެވެ.

މި ބިލްގައި ހިމެނޭ އިސްލާހުތަކުގެ ތެރޭގައި ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭ ވިޔަފާރިއަކަށްވާނަމަ އެ ވިޔަފާރިއަށް ފެށޭނީ ހުއްދައާއިއެކުއެވެ. އަދި އެ ވިޔަފާރިއެއް ފަށާތާ ހަތް ދުވަސް ތެރޭގައި ދަފްތަރުގައި ހިމެނުމަށްޓަކާ ހުއްދަ ހޯދަން އެދުނު އިދާރާއިން އެ ވިޔަފާރިއަކާއި ގުޅޭ މައުލޫމާތު ރަޖިސްޓްރާއާއި ހިއްސާ ކުރުމަށް ލާޒިމް ކުރެއެވެ. އަދި ބިދޭސީ އެއްވެސް ފަރާތަކަށް ފޮރިން އިންވެސްޓްމެންޓާއި ބެހޭ ގާނޫނުގެ ދަށުން ހުއްދަ ނުނަގާ ވިޔަފާރިއެއް ނުކުރެވޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

މި ބިލަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރެވުނުއިރު, މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ބިލާއި ގުޅޭގޮތުން މެމްބަރުންގެ ޚިޔާލު ހުރިގޮތް ބައްލަވާލެއްވުމުގެ ފުރުސަތު މަޖިލީހުން މިނިސްޓަރަށް ދެއްވުމުން މިނިސްޓަރ ވަނީ މަޖިލީހަށް ހާޒިރުވެ މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް