ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 15:58
މާލެ ސިޓީ ކައުންސިލުން ނައިބް ރައީސްއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މާލެ ސިޓީ ކައުންސިލުން ނައިބް ރައީސްއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ާމާލެ ސިޓީ ކައުންސިލް
މާލެ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ނައިބް ރައީސްއާ ހިއްސާކޮށްފި
 
މުވައްޒަފުން ނެތް މައްސަލަ ކައުންސިލުން ވަނީ ފާހަގަކޮށްފައި
 
ތަރައްގީގެ އެންމެ ފަހުގެ މައުލޫމާތުތައް ވަނީ ހިއްސާކޮށްފައި

މާލެ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ސިޓީ ކައުންސިލުން ނައިބް ރައީސް ފައިސަލް ނަސީމާ ހިއްސާކޮށްފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި މާލެ ސިޓީ ކައުންސިލަރުން ނައިބް ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި، މާލެ މޭޔަރު ޝިފާ މުހައްމަދުގެ އިތުރުން ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވަނީ ކައުންސިލުން ކުރިޔަށް ރޭވިފައިވާ ޕްލޭންތަކާއި އަދި މިހާރު ކުރިޔަށްގެންދާ ބައެއް މަޝްރޫއުތަކާއި ކަންކަމުގެ މަޢުލޫމާތު ނައިބް ރައީސްއަށް އަރުވާފައެވެ.

ކައުންސިލުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި އެންމެބޮޑަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ނައިބް ރައީސްގެ ސަމާލުކަމަށް ކައުންސިލަރުން ވަނީ އެ ބައްދަލުވުމުގައި ގެނެސްފައެވެ. އެގޮތުން ސިޓީ ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން ނެތުމުގެ މައްސަލަތަކާއި އިދާރީގޮތުން ހުރި ދަތިތަކާއި ބައެއް މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް މާލީގޮތުން ހުރި ދަތިތައް ކައުންސިލަރުން ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެެވެ.

މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކަންކަން ފަހިވާނެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭގޮތުންނާއި މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް، މާލެއަށް ބޭނުންވާ ތަރައްޤީގެ އެކިއެކި ކަންކަމާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި ނައިބް ރައީސް ވަނީ ކައުންސިލަރުންނާ މަޝްވަރާ ކުރައްވާފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް