ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 14:29
އުލިގަމު ސިޓީ ހޮޓާ ހިންގުމަށް ކަނޑައަޅާފައިވާ ބިން
އުލިގަމު ސިޓީ ހޮޓާ ހިންގުމަށް ކަނޑައަޅާފައިވާ ބިން
ރާއްޖެއެމްވީ
އުލިގަމު ސިޓީ ހޮޓާ
އެމްޓީޑީސީން ކޮށްފައިވާ ޚަރަދުގެ ތަފްސީލު ބެލުމަށް ފަހު އުލިގަމު ސިޓީ ހޮޓާ ހިންގަން ބިޑަށް ހުޅުވާލަނީ
 
ރަށުގެ ލޯކަލް ޓޫރިޒަމް ފުޅާވާނެ ކަމަށް ބެލެވޭ
 
އެގްރީމަންޓު ބާތިލުކުރީ 21 ޖުލައި 2015 ގައި
 
މަސައްކަތް އެންމެ ރަނގަޅަށް ކުރުމަށް ޚަރަދުތަކުގެ ތަފްސީލު ބޭނުންވޭ

ހއ. އުލިގަމުގައި ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކޮށްފައިވާ އިންވެސްޓްމަންޓު ދެނެގަތުމަށް ފަހު އެ މަސައްކަތަށް އަލުން ބިޑަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އުލިގަމުގައި ސިޓީ ހޮޓެލް ތަރައްޤީ ކުރުމަށް އެ ކުންފުނިން ކޮށްފައިވާ އިންވެސްޓްމެންޓް ދެނެގަތުމަށް ކުއަންޓިޓީ ސަރވޭޔަރެއް ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކޮށްފައިވާއިރު، މިނިސްޓަރ ވިދާޅުވީ، ހަރަދުތަކުގެ ތަފްސީލު ދެނެގަތުމަށް ފަހު، އެ ތަން ތަރައްޤީކޮށް ހިންގަން ބިޑް އުސޫލުން ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށާއި، އެ މަސައްކަތް އެންމެ ރަނގަޅަށް ކުރަން ބޭނުންވާނަމަ ޚަރަދުތަކުގެ ތަފްސީލު ދެނެގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އުލިގަމުގައި އޭރު އެމްޓީޑީސީން ކޮށްފައި ހުރި އިންވެސްޓްމަންޓް އެކި ފަރާތްތަކުން ވެލިޔު ކުރަނީ އެކި ވަރަށް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިކަން ރަނގަޅަށް ކުރާ ނަމަ މިހާރު އެބަޖެހޭ ރަނގަޅު އަގު ދެނެގަންނަން. އެ މަސައްކަތް ކުރުމަށް މިހާރު ވާނީ ގެޒެޓް ކޮށްފައި
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ހއ. އުލިގަމުގައި 100 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރުމަށް 27 ފެބްރުއަރީ 2007 ގައި އެމްޓީޑީސީ އާއި ކުރެވުނު އެގްރީމަންޓު 21 ޖުލައި 2015 ގައި ބާތިލު ކުރެވިފައިވާއިރު، އެމްޓީޑީސީން ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ބެލުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ކުއަންޓިޓީ ސަރވެޔަރުން 22 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޓްއަރިޒަމް މިނިސްޓްރީ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 29 އޮގަސްޓް 2019 ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މިނިސްޓްރީ އަށް އަންދާސީހިސާބު ހުށެހުޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އުލިގަމު ސިޓީ ހޮޓަލުގެ މަސައްކަތް- 12 އަހަރުވީއިރުވެސް ހުއްޓިފައި

މި މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް ކަނޑައެޅި 36 ހެކްޓަރުގެ ބިމުގައި އެމަސައްކަތް އަލުން ކުރިޔަށް ގެންދަވާނެ ކަމަށް ރައީސް ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖެ ހުރަސްކޮށް ދަތުރު ކުރާ ގިނައަދަދެއްގެ ޔޮޓު ފަހަރު މީގެ ކުރިން އުލިގަމުގައި ބަނދަރު ކުރަމުން އައިސްފައިވާއިރު، އުލިގަމުގައި އެފަދަ ތަރައްޤީގެ މަޝްރޫއެއް ހިންގުމަކީ ރަށުގެ ލޯކަލް ޓޫރިޒަމް ފުޅާވެ، ރަށް ތަރައްޤީވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް