ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 11:49
މާލޭ މަސްވެރިންގެ ޕާކު
މާލޭ މަސްވެރިންގެ ޕާކު
ގޫގުލް
މާލޭ މަސްވެރިންގެ ޕާކު
މަސްވެރިންގެ ޕާކުގައި ކުރޫޒް ޓާމިނަލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ
 
ޕްރީ ބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު 11:00 ގަ
 
ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުން އޮގަސްޓް 26 އަށް
 
ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަނި

މާލޭ މަސްވެރިންގެ ޕާކުގައި ކުރޫޒް ޓާމިނަލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން އިއުލާން ކޮށްފިއެވެ.

އެމްޑަބްލިއުއެސްސީ އިން އަންގާރަ ދުވަހު ނެރުނު އިއުލާނުގައި، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެއެވެ. އަދި ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެކުންފުނިން ނެރުނު އިއުލާނުގައިވެއެވެ.

ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުން އިން އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަށް އެމްޑަބްލިޔުއެސްސީ ކަސްޓަމަރ ސާރވިސް ބިލްޑިން އިން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުގައި ވެެއެވެ.

ބީލަން ފޮތް ދޫކުރަން ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 28 ގައި، ރަސްމީގަޑީގައި ފެން ބިލްޑިންގްގެ 5 ވަނަ ފަންގިފިލާ އިންނެވެ.

ޕްރީ ބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު 11:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު 11:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު 10،000 ( ދިހަހާސް) ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅަންވާނެ ކަމަށް ވެސް އެކުންފުނިން ނެރުނު އިއުލާނުގައި ވެއެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަންނަނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވޯރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑް އެވޯރޑްކުރެވޭތާ 14 ދުވަސްތެރޭގައި ބިޑްކުރި އަދަދުގެ 10 އިންސައްތަ ހުށައަޅަންވާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
50%
0%
0%
0%
ކޮމެންޓް