ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 09:18
ރަސްރަނި ބަގީޗާ ތެރެ.
ރަސްރަނި ބަގީޗާ ތެރެ.
ހައުސިންގް މިނިސްޓްރީ
ރަސްރަނި ބަގީޗާ
ރަސްރަނި ބަގީޗާގެ ނަން ބަދަލު ކުރިޔަސް ރައީސް ޔާމީންގެ ތަރައްގީ ރައްޔިތުންގެ ހިތުން ނުފޮހެވޭނެ: މުއިއްޒު
 
އެޕާކު ހުޅުވީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު

ރަސްރަނި ބަގީޗާގެ ނަން ބަދަލު ކުރިކަމުގައި ވީ ނަމަވެސްކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީ ރައްޔިތުންގެ ހިތުން ނުފޮހެވޭނެ ކަމަށް އެމަނިކުފާނުގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްރަނި ބަގީޗާ ހުޅުވިތާ ދެއަހަރުވުމާއި ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަގީޗާ ހުޅުވުނުތާ ދެ އަހަރު ވުމުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކުޑަކުދިންނާ އާއިލާ ތަކަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.

އެޑިޓައިންމަންޓް އެންޑް ހެރިޓޭޖް ކޮންސެޕްޓަށް 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ހުޅުވި ރަސްރަނި ބަގީޗާ ތަރައްގީ ކޮށްފައިވަނީ އެތަނުގައި ފިނިފެންމާ ބަގީޗާއަކާއި، ސްނޯ އާއި ފިނީގެ އިހްސާސް ކުރެވޭ ގޮތަށް އަދި އެތަނުގައި ސްކޭޓް ވެސް ކުރެވޭ ގޮތަށް ވިންޓަ ކޯނައެއް ހިމެނޭ ގޮތަށެވެ. އަދި ގްރީން ޓަނަލް ވޯކްވޭއެއްގެ އިތުރުން ކުޑަކުދިން ޝައުގުވެރިވާ ގޮތަށް ފައްވާރެއް ވެސް ހިމެނެ އެވެ. ޕާކް ތަރައްގީކޮށްފައިވަނީ ދިވެހި ސަގާފީ ގޮތްތައް ހިމަނައިގެންނެވެ.

ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކުގެ ނަމަށް ބަދަލު ކުރަން ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލުންނެވެ. ނަން ބަދަލުކުރަން ނިންމާފައިވީ ނަމަވެސް އަދި ބަދަލުކޮށްފައެއް ނުވެއެވެ.

އެޕާކު ތަރައްގީކޮށް ރަސްރަނިބަގީޗާގެ ނަމަށް ބަދަލުކުރުމަށް ފަހު ހުޅުވިއިރު ގާތްގަނޑަކަށް 50 އެއްހާ އަހަރު ވަންދެންސަލްޓަން ޕާކުގެ ނަމުގައި އެތަން އޮތެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
50%
0%
50%
ކޮމެންޓް
22 އޯގަސްޓް 2019 | ބުރާސްފަތި 22:35
ސަޒަން
އޭނާ އެއީ ދިވެހިރާއްޖޭގެ ހަޒާނާހުސްކޮށް ދިވެހި ގައުމު އަނދަވަޅަކަށް ވައްޓާލިމީހެއް ، އެނދިމަރިޔަނބު ޒަމާނުގައިވެސް ނުކުރާވަރުގެެ ވަންކަންތައްކޮށް ބްރިޖެއް އެޅިޔަސް އޭގެން އެއްބައި ޖީބައްލާ އެއީ ތަރައްގީ ކަމުގައި ދެކުނު ދެއުޅިއެއްނުވާމީހެއް ................... އަދި ޕީއެސްއެމް އެމްބީސީ އަށް އަދި ވެލާނާ އައިއެންއައިއޭ އަށްވެސް ހަދަންޖެހޭ
21 އޯގަސްޓް 2019 | ބުދަ 10:31
ޤައުމު
އަޅުގަނޑަ ފެންނަނީ މަނިކުފާން ސިޔާސީ ދާއިރައިން އެކެހެރި ވެލީއްޔާ. މި ޤައުމުގެ ދަރިންގެ މުސްތަގްބޮލައްޓަކާ. ރާއްޖެއަ އިންޑިޔާ ސިފައިން އެރުވީ ނަޝީދު.
21 އޯގަސްޓް 2019 | ބުދަ 10:30
ނަންރީތި
އެމްޑީޕި ތެރޭގަ މަނިކުފާންގެ ތާއީދު ދަނީ ގެއްލެމުން.
21 އޯގަސްޓް 2019 | ބުދަ 10:30
ކުރޮޅި ކަތީބު
ސުވާލަކީ މިގައުމުގަ ވެރިކަންކުރާ ވެރިއަކީ ސަރުކާރުގެ ވެރިއެއްތޯ ސުވާލަކީ މިގައުމުގެ ރައްޔެތުންނަކީި މިސަރުކާރުގެ ރައްޔެތުންތޯ ސުވާލަކީ އެންމެންނައް މުސާރަދެނީ ސަރުކާރުގެ ފައިސާންތޯ ސުވާލަކީ ސަރުކާރުގެ މެންބަރުންނައް ނުވާއިރު ސަރުކާރު ހިންގަންޖެގޮތް ކިޔާދެނީ ކިއްކުރަންތޯ... ސަރުކާރައްނުވެ ބަލަދުއެރުމަކީ ހާއްސަ އެހީއައް ބޭނުންޖެހިފަ ވާބައެއްކަމެވެ.
21 އޯގަސްޓް 2019 | ބުދަ 10:28
ކޯޅިޝަން
ކިތަންމެ ވަރަކަށް އުޅުނަސް އަންނި ވައްޓައެއް ނުލެވޭނެ އޭނަ ބޭނުންވާ ގޮތަކަށް އިބޫ ކަންތައް ކުރާނީ އެދެމީހުންނަކީ އަބަދުވެސް ރައްޓެހިންކަން މީގެން ވެސް އެންގޭނު ނަޝީދާ އިބޫއާ ދެމީހުން ޖައްސުވަނީ ކޯލިޝަނުން
21 އޯގަސްޓް 2019 | ބުދަ 10:22
ޔަޒްދާން
ތީ މިހާރު މީހެއް ނޫނެއްނު. މުއިއްޒު ބޭނުންވަނީ އެޓެންޝަން