ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 08:17
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
އަކްޝޭގެ އެންމެ ކާމިޔާބު ފިލްމަކަށް ''މިޝަން މަންގަލް'' ؟
 
ފިލްމް ރިލީޒް ކޮށްފައިވަނީ އިންޑިއާގެ މިނިވަން ދުވަހު
 
މި ފިލްމް 100 ކުރޯޑް ކުލަބަށް ވަދެފައިވަނީ ފިލްމް ރިލީޒް ކުރިތާ ފަސް ދުވަސް ތެރޭގައި

އަކްޝޭ ކުމާރު ކުޅުނު ފިލްމް ތަކުގެ ތެރެއިން އެންމެ ކުރުމުއްދަތެއްގެ ތެރޭގައި 100 ކްރޯޑް ކުލަބަށް ވަން ފިލްމަކަށް "މިޝަން މަންގަލް" ވެއްޖެ އެވެ.

އިންޑިއާގެ މިނިވަން ދުވަހު ރިލީޒް ކުރި މި ފިލްމް 100 ކްރޯޑް ކްލަބަށް ވަދެފައި މިވަނީ ފިލްމް ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވާގޮތުން އަކްޝޭ ކުޅުނު ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރިތާ ހަތަރު ދުވަސްތެރޭ އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ "މިޝަން މަންގަލް" އަށެވެ. މި ފިލްމަށް ހަތަރު ދުވަހުން ވަނީ 97.56 ކްރޯޑް ރުޕީސް ލިބިފައެވެ.

ދެވަނަ ގައި އުޅެނީ "2.0" އެވެ. މި ފިލްމަށް ހަތަރު ދުވަސް ތެރޭގައި ލިބިފައިވަނީ 95 ކްރޯޑް ރުޕީސްއެވެ.

ތިންވަނައިގައި އޮތް "ކޭސަރި" އަށް ހަތަރު ދުވަހުން ލިބިފައިވަނީ 78.07 ރުޕީސް އެވެ.

މި ފިލްމްގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ އަކްޝޭގެ އިތުރުން ވިދްޔާ ބާލަން،ތާޕްށީ ޕަންނޫ، ސޯނާކްޝީ ސިންހާ، ކިރްތީ ކުއްލާރީ، ނިތްޔާ މެނެން އަދި ޝަރްމަން ޖޯޝީއެވެ.

ޖަގަން ޝަކްތީ ޑައިރެކްޓް ކޮށްފައިވާ މިޝަން މަންގަލް އަކީ އިންޑިއާ އިން 2013 ވަނަ އަހަރު ލޯންޗުކުރި މާސް އޯބިޓާގެ މިޝަންގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އަކްޝޭ ކުޅެފައިވަނީ ސައިންޓިސްޓެއްގެ ރޯލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް