ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 00:23
އެމްއެންޔޫ ވައިސް ޗާންސެލަރ ކަމުގެ މަޤާމަށް ޝަރީފު، އައިޔޫއެމްގެ ވައިސް ޗާންސެލަރ ކަމުގެ މަޤާމަށް ޒަކަރިއްޔާ
އެމްއެންޔޫ ވައިސް ޗާންސެލަރ ކަމުގެ މަޤާމަށް ޝަރީފު، އައިޔޫއެމްގެ ވައިސް ޗާންސެލަރ ކަމުގެ މަޤާމަށް ޒަކަރިއްޔާ
މިހާރު
އެމްއެންޔޫ އަދި އައިޔޫއެމް
އެމްއެންޔޫގެ ވައިސް ޗާންސެލަރަކަށް ޑރ. ޝަރީފް، އައިޔޫއެމަށް ޑރ. ޒަކަރިއްޔާ
 
މަގާމުގެ ފަތްކޮޅު އަރުއްވާފާވަނީ އަންގާރަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ވައިސް ޗާންސެލަރ ކަމުގެ މަޤާމަށް އަދި އިސްލާމިކް ގައުމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ވައިސް ޗާންސެލަރ ކަމުގެ މަޤާމަށް ބޭފުޅުން ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަމުގެ މަޤާމަށް ޑރ. މުހައްމަދު ޝަރީފު އަދި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަމުގެ މަޤާމަށް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުއްވާފާވަނީ އަންގާރަ ދުވަހުގެ މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޝަރީފް އެމްއެންޔޫގެ ވައިސް ޗާންސެލަރަކަށް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަލީ ފަވާޒު ޝަރީފް ވަކިކުރެއްވުމަށް ފަހުއެވެ. ޝަރީފްއަކީ އިންޖީނިއަރިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޝަރީފް ވަނީ ހައުސިންގެ ސްޓޭޓް މިނިސްޓަރު ކަމުގެ އިތުރުން ސަރުކާރުގެ އިސްމަގާމުތައް ފުރުއްވާފައެވެ.

އައިޔޫއެމްގެ ވައިސް ޗާންސެލަރަކަށް ޒަކަރިއްޔާ އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި އައިޝާ ހަލީލާ ވަކިކުރެއްވުމަށް ފަހުއެވެ. ޒަކަރިއްޔާ ކުރިން ހުންނެވީ އެ ޔުނިވަރސިޓީގެ ސެންޓާ ފޯ ޕޯސްޓް ގްރެޖުއޭޓްގެ ޑީނަކަށެވެ.

ވައިސް ޗާންސިލަރުން އައްޔަން ކުރައްވާފައިވާއިރު އަންގާރަ ދުވަހު ވަނީ އެމްއެންޔޫގެ ޗާންސެލަރ ކަމަށް ޑރ. ހަސަން ހަމީދް އަދި އައިޔޫއެމްގެ ޗާންސެލަރކަމަށް ޑރ. މުހައްމަދު ޒާހިރު ހުސައިން ވެސް އައްޔަންކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް