ކ. މާލެ
|
20 އޯގަސްޓް 2019 | އަންގާރަ 20:17
އެރިކްސަން
އެރިކްސަން
ގޫގުލް
އެރިކްސަން
ޓޮޓެންހަމްގެ އެރިކްސަން ޓޮޓެންހަމް ދޫކޮށްލަން ބޭނުންވެފައި!
 
އެރިކްސަން އަށް އަންނަނީ ޔޫރަޕްގެ ގިނަ ކްލަބްތަކުން ޝައުގުވެރިކަން ފާޅުކުރަމުން

އިގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި އެރެކްސަންގެ ކުޅުން ދަށްކަމަށް ގިނަބަޔަކު ބުނަމުން ދަނިކޮށް އޭނާ ޓޮޓެންހަމް ދޫކޮށްލާން ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓް ތަކުން ބުނެފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ޓޮޓެންހަމުން ސިޓީއާއި ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަންގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔައީ އޭނާ އެ ޓީމު ދޫކޮށްދާން ބޭނުންވެފައި ހުރުމުންނެވެ.

ސިޓީ އާއި ދެކޮޅަށް ޓޮޓެންހަމް އިން ކުޅުނު މެޗުގައި އެރިކްސަން އަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ކޮށްލައިފައެވެ.

ޓޮޓެންހަމްގެ ކޯޗު ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނީ އެރިކްސަން އަކީ ޓޮޓެންހަމް އަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި އޭނާ ޓީމު ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ނަމަވެސް މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން އެރިކްސަން ބޭނުންވަނީ ސްޕެއިންގެ ރެއާލް ނުވަތަ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާށެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އަންނަނީ އެރިކްސަން އަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ގެ އިތުރުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އިން ވަނީ އެރިކްސަން އަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
60%
0%
20%
20%
0%
ކޮމެންޓް