ކ. މާލެ
|
20 އޯގަސްޓް 2019 | އަންގާރަ 20:19
ލިއޮނަލް މެސީ
ލިއޮނަލް މެސީ
ޓްވިޓަރ
ބާސެލޯނާ
ރެއާލް ބެޓިސްއާއި ދެކޮޅަށް ބާސެލޯނާއިން ކުޅޭ މެޗުގައި މެސީއަށް ކުޅެވޭނެ
 
މެސީއަށް އަނިޔާ ވީ ޕްރި ސީޒަންގަ

އަނިޔާގެ މައްސަލަ ބޮޑުވެފައިވާ ބާސެލޯނާއިން ރެއާލް ބެޓިސްއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް ކުޅޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބާސާގެ އެޓޭކިން ލައިންގެ މުހިންމު ދެކުޅުންތެރިންކަމަށްވާ ލުއިސް ސުއަރޭޒް އާއި ޑެމްބަލޭއަށް އަނިޔާ ވެފައި ވާއިރު މެސީ ބާސިލޯނާއިން އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެއެވެ.

ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް އަށް އަނިޔާވީ ލަލީގާގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައެވެ. އަނެއްކޮޅުން ޑެމްބަލީގެ ހެމްސްޓްރިންއަށް އަނިޔާވެ އޭނާއަށް ކުރިޔަށް އޮތް ފަސް ހަފްތާ ނުކުޅެވޭނެކަން ވަނީ ޔަގީން ވެފައެވެ.

އެހެންކަމުން ބާސެލޯނާއިން ކުރިޔަށް އޮތް މެޗުގައި އެޓީމުގެ ފޯވާޑް ލައިންގައި މަސައްކަތް ކުރާނީ ޕްރާންސްގެ ތަރި ގްރީޒްމަންގެ އިތުރުން އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީކަމަށް ބެލެވެއެވެ.

ޕްރި ސީޒަނުގައި ލިބުނު އަނިޔާއަށްފަހު މެސީ ކުޅެވޭނެ ކަން ޔަގީންވި ކަމުގައިވިޔަސް އޭނާ ބެޓިސް މެޗުގައި ފެނިގެން ދާނީ ބެންޗުން ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

ބާސެލޯނާގެ ކޯޗް ވަލްވާޑޭ ބުނީ އަނިޔާގެ މައްސަލަ ބާސެލޯނާއަށް ކުރިމަތި ވެފައި ވާކަމަށާއި ކުރިޔަށް އޮތް މެޗުގައި މެސީއަށް ކުޅެވުނު ކަމުގައި ވިޔަސް އެމެޗުގައި ބާސާގެ އެޓޭކް ލައިންގައި އެންމެ އިސް ދައުރެއް އަދާކުރާނީ ގްރީޒްމަން ކަމަށެވެ.

އޭނާ އިތުރަށް ބުނީ ގްރީޒްމަނަކީ ކޮންމެ ވަގުތެއްގައި ވެސް ލަނޑު ޖެހުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިޔެއް ކަމަށާއި، ބެޓިސް އާއި އެކު ކުޅޭ މެޗުގައި އޭނާ އެކަން ދައްކާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
17%
33%
0%
0%
0%
50%
ކޮމެންޓް