ކ. މާލެ
|
20 އޯގަސްޓް 2019 | އަންގާރަ 20:16
ނޭމާ
ނޭމާ
ގެޓީ އިމޭޖަސް
ނޭމާ
ނޭމާ ހޯދުމަށް ބާސާއިން ހުށަހެޅި ހުށަހެޅުން ޕީއެސްޖީން ރިޖެކްޓްކޮށްފި
 
ނޭމާ ވިއްކާލަން ޕީއެސްޖީން ބޭނުންވަނީ 222 ޔޫރޯއަށް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ނޭމާ ހޯދުމަށް ބާސެލޯނާއިން ހުށަހެޅި ހުށަހެޅުން ޕީއެސްޖީން ރިޖެކްޓްކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އީއެސްޕީއެން އިން ބުނީ، ނޭމާ ހޯދުމަށް ބާސާއިން ހުށަހެޅީ ލޯން އެއްބަސްވުމެކެވެ. ނަމަވެސް ޕީއެސްޖީން ވަނީ އެ ހުށަހެޅުމާ ދެކޮޅު ހަދާފައެވެ.

ޕީއެސްޖީން ބޭނުންވަނީ ބާސާއިން ނޭމާ ގަތް 222 މިލިއަން ޔޫރޯއަށް އޭނާ ވިއްކާލާށެވެ. ނަމަވެސް އެ އަގަށް ނޭމާ ގަތުމަށް ބާސާއިން ބޭނުމެއް ނުވެއެވެ.

ޕީއެސްޖީގެ ޕްރީ ސީޒަން އެއްވެސް މެޗެއްގައި ނޭމާ ކުޅެފައިނުވާއިރު ފްރެންޗް ސުޕަރ ކަޕް ޕީއެސްޖީއިން ކުޅުނު މެޗުގައި ވެސް އޭނާއަށް ޓީމުން ޖާގަ ދީފައިނުވެއެވެ. އަދި ލީގުގައި ޕީއެސްޖީ ކުޅުނު ދެ މެޗުންވެސް އޭނާއަށް ޖާގަ ދީފައި ނުވެއެވެ.

ބްރެޒިލްގެ ސަންޓޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާއަށް ބަދަލުވީ 2013 ވަނަ އަހަރެވެ.

އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕަރކަޕް ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ނޭމާ އަންނަނީ ޕީއެސްޖީއަށް ބަދަލުވެ، އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 58 މެޗުގައި 51 ލަނޑު ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބުކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 97 މެޗުގައި 60 ލަނޑު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
45%
18%
18%
0%
18%
ކޮމެންޓް
20 އޯގަސްޓް 2019 | އަންގާރަ 21:35
ހަސަނު
ރިޖެކްޓްއައް ދިވެހި ބަހެއް ނެތީ ؟ ސުރުހީ އެއްބައި ދިވެހިބަހުން އަނެއްބައި އެހެންބަހަކުން ???