ކ. މާލެ
|
20 އޯގަސްޓް 2019 | އަންގާރަ 18:40
ޕޮގްބާ ޕެނަލްޓީ ޖަހަނީ
ޕޮގްބާ ޕެނަލްޓީ ޖަހަނީ
ގެޓީ އިމޭޖަސް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ވޮލްވަރހެމްޓަނުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފި
 
މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ވޮލްވަރހެމްޓަނުން ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ޔުނައިޓެޑުން ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު މެޗުގެ 27 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މަރޝަލް އެވެ. މި ލަނޑު މަރޝަލް ކާމިޔާބުކުރީ ރަޝްފާޑުގެ އެހީތެރިކަމާއިއެކުގައެވެ.

ލަނޑަށްފަހު ވެސް ޔުނައިޓެޑުން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ވޮލްވަރހެމްޓަން ގެ ގޯލަށް ފޮނުވައިލައިފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ގިނަ އިރުތަކެއް ނުވަނީސް ވޮލްވަރހެމްޓަނުން ވަނީ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާވޯގެ އެހީތެރިކަމާއިއެކު ރުބެންއެވެ.

ވޮލްވަރހެމްޓަނުން ލަނޑުޖެހިތާ ގިނަ އިރުތަކެއް ނުވަނީސް ޔުނައިޓެޑަށް ވަނީ ޕެނަލްޓީއެއްލިބި ބޭކާރުވެފައެވެ. އެގޮތުން ޔުނައިޓެޑުގެ ޕޮގްބާ ޖެހި ޕެނަލްޓީ ވަނީ ވޮލްވަރހެމްޓަނުގެ ކީޕަރު ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ.

މިނަތީޖާއާއި އެކު ޔުނައިޓެޑް، ލިބުނު ހަތަރު ޕޮއިންޓާއިއެކު ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތް އިރު ވޮލްވަރހެމްޓަން އޮތީ ލިބުނު ދެ ޕޮއިންޓާއި އެކު ލީގު ތާވަލުގެ 12 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް