ކ. މާލެ
|
20 އޯގަސްޓް 2019 | އަންގާރަ 18:33
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަގޭ ރިޕޯޓް
ޤާނޫނުތަކާއި އެއްވަރަށް މީހުން ތަމްރީންކުރުމުން ނޫނީ ނަތީޖާއެއް ނުފެންނާނެ!
 
ޤާނޫނުަތަކުން ލާޒިމްކުރިނަމަވެސް މީހުން ތަމްރީންކުރުމުގެ މަސައްކަތެއް ދައުލަތުގެ މުއައްސަސާތަކުން ނުކުރޭ

ސަރުކާރުގެ ވެރިންނާއި، މުއައްސަސާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ދައްކަވާ ވާހަކަފުޅުތަކުގެ ތެރޭގައި ތަކުރާރުކޮށް ވިދާޅުވަމުންގެންދަވާ، މިވެނިކަމަކަށް ޤަނޫނެއް ނެތްކަމަށެވެ. އެވެނި ކަމަކަށް ބޭނުންވާ ޤާނޫނެއް އެކުލަވާލަންޖެހޭކަމަށެވެ. ޤާނޫނެއް ނެތުމުން މަސައްކަތް ނުކުރެވޭކަމަށެވެ.

ތެދެކެވެ. ޤާނޫނުތައްވެސް އެކުލަވާލަންޖެހެ އެވެ. އަދި އިދާރާތަކުގެ މަސައްކަތްތަކަށް ބޭނުންވާ އެހެނިހެން ކަންތައްތައްވެސް ހުންނަންވާނީ ފުރިހަމައަށެވެ. ނަމަވެސް ހަމަ އެ ނުކުތާގައި މިހާރު ހުރި ޤާނޫނުތަކުގެ ފޮނި މީރުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ނުލިބޭނީ ކީއްވެކަންވެސް ސާފުކުރަންޖެހެ އެވެ.

މިހާރު އަމަލުކުރަމުންގެންދާ ބައެއް ޤާނޫނުތަކަކީ މި ސަރަހައްދުގެ އެހެން ޤައުމުތަކަށްވުރެވެސް ފުރިހަމައަށް ތައްޔާރުކޮށް، އަމަލުކުރަމުންގެންދާ ޤާނޫނުތަކެކެވެ. ނަމަވެސް އެ ޤާނޫނުތަކުން ރައްޔިތަކަށް ކުރި ފައިދާއެއް، ދާއިރާއަށް ކުރި މަންފާއަކަށްވުރެ ބޮޑީ ލިބުނު ގެއްލުންތަކެވެ.

ބައެއް މިސާލުތަކަށް ބަލާލާނަމެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގަންވާނެކަމަށް ޤާނޫނު އަސާސީގައި ލިޔެ، އެކަމަށް ހާއްސަ ޤާނޫނެއް ކަނޑައަޅައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށިނަމަވެސް އޭގެ ފޮނި މީރުކަންވެސް ރައްޔިތުންނަށް ލިބިފައެއް ނުވެ އެވެ. ފުރަތަމަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކައުންސިލަރުން ތަމްރީންކުރުމަށް މަސައްކަތްތަކެއް ކުރިނަމަވެސް އޭގެފަހުން އެ މަސައްކަތްތައް ނުކުރެވުމުގެ ނަތީޖާއަކަށްވީ މުޅި ނިޒާމްގެ އިތުބާރު ގެއްލި އޭގެ މަންފާ ނަގައި ސަރުކާރުތަކަށް ކައުންސިލްތަކުގެ ބާރުތައް ކަނޑާލުމަށް ފުރުސަތު ލިބިގެންދިޔުމެވެ.

ކައުންސިލްތައް ތަމްރީންކޮށް، ފައްކާކުރުމަކީ ޤާނޫނުން ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މައްޗަށް ލާޒިމްކުރިކަމެއް ނަމަވެސް، އެއީ ޤާނޫނުގައި ހިމެނޭ މާއްދާއެއްކަންވެސް އެއޮތޯރިޓީގެ ބޯޑު މެމްބަރުން ތިބީ ހަނދާން ނައްތާލައިގެންނެވެ. ބަދަލުގައި އެ އޮތީރިޓީ މަސައްކަތްކުރީ، އެ އޮތޯރިޓީގެ ހަމައެކަނި ޒިންމާއަކީ ކައުންސިލްތައް ސަސްޕެންޑްކުރުންކަމަށް ދެކިގެންނެވެ.

ރަނގަޅު ތަމްރީން ޕްރޮގްރާމްތަކެއް ނުހިންގައި، ނިޒާމަށް ކައުންސިލަރުން ހޭލުންތެރިނުވުމުގެ ނަތީޖާއަކީ އަލަށް ލިބޭ ބަރުތަކާއެކު ފަންނަނީ ގޮތެއްގައި ފުރިހަމައަށް ބައެއް ކައުންސިލްތަކަށް މަސައްކަތްކުރަން ނޭނގުމެވެ. އަނެއްކާވެސް ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ނަފްރަތު އެ ކައުންސިލްތަކަށް އަމާޒުވުމެވެ.

މިއީ އެންމެ މިސާލެކެވެ. ހަމައެގޮތަށް ބްރޯޑްކާސްޓް މީޑިއާގެ ބެލެނިވެރި ފަރާތެއްގެ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުންވެސް ނިމުނު ހުރިހާ ދައުރެއްގައިވެސް ކުރިހާ މަސައްކަތެއްގެ ގޮތުގައި އޮތީ ފިޔަވަޅު އެޅުމެވެ. ޤާނޫނުގައި ބުނެފައިވާ ބްރޯޑްކާސްޓަރުން ތަމްރީންކުރުމާއި، ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމުގައި އެ ކޮމިޝަނުންވެސް ތިބީ އެއްކޮށް ހަދާން ނައްތާލައިގެންނެވެ.

ދަނޑުވެރިކަމަށް އައު ޤާނޫނުތަށް އެކުލަވާލައިރު، ދަނޑުވެރިކަމުގެ ހާލަތުވެސް އޮތީ ހަމައެގޮތަށެވެ. ޒަމާނީ ވަސީލަތްތަކާއެކު ދަނޑުވެރިކަން ކުރަން ބުނެދޭނެ ފަރާތެއް ނެތެވެ. ނަތީޖާއަކަށްވަނީ ކިތަންމެ ރީތި ބައްޓަމަކަށް ޤާނޫނެއް ލިޔުނު ނަމަވެސް އޭގެ މަންފާއެއް ރައްޔިތުންނަށް ނުކުރުމެވެ. ކުޑަކުދިން ބެލެހެއްޓުމާއި، އިންސާނީ ހައްޤުތަކާއި ގުޅުންހުރި މަސައްކަތްތަކުން ފެށިގެންގޮސް ގިނަ ދާއިރާތަކުގެ ކަންތައް އޮތީ މި ދެންނެވި ހާލަތުގަ އެވެ.

ފުލުފުލުގައި އައު ޤާނޫނުތަކެއް ފާސްކުރުމުގެކުރިން ދައުލަތުން ސަމާލުކަންދޭންވީ ކަމަކީ، ޤާނޫނުތަކާއި އެއްވަރަށް އެކަމަށް ހާއްސަ މީހުން ތަމްރީންކުރުމަށެވެ. އެހެން ނޫންކަމުގައިވާނަމަ ފުރިހަމަ ޤާނޫނަކުން ކުރަނެއް މަންފާއެއް ނެތްކަން ނިމުނު އަހަރުތަކުގެ ތަޖުރިބާއިން އެ ވަނީ ވަރަށް ސާފުކޮށް ބުނެދީފަ އެވެ. މިއީ ސަރުކާރުންނާއި، ރައްޔިތުންގެ މަޖިލީހުންވެސް ވިސްނަންވެއްޖެ ކަމެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް