ކ. މާލެ
|
20 އޯގަސްޓް 2019 | އަންގާރަ 12:28
މި މަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައި
މި މަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައި
ހޯމް މިނިސްޓްރީ
މަޝްރޫއެއް ހިންގުމަށް ފައިސާ ދިނުމަށް ސޮއިކުރުން
ކިނޮޅަހާއި، ވައިކަރަދޫ އަދި އަނގޮޅިތީމުގައި މަޝްރޫއެއް ހިންގުމަށް ފައިސާ ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
 
މި މަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައި
 
ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލުތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު

ރ. ކިނޮޅަހާއި، ހދ. ވައިކަރަދޫ އަދި ރ. އަނގޮޅިތީމުގައި ތިން މަޝްރޫއެއް ހިންގުމަށް ފައިސާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި އަންގާރަ ދުވަހު ސޮއިކޮށްފިއެވެ.

ކިނޮޅަހަށް ފައިސާގެ އެހީ މިނިސްޓްރީން ދެނީ އެ ރަށު ހިތްފަސޭހަ މައިޒާން ހެދުމަށެވެ. ބަޠޫޠާ މަންޒިލް ފޭސް 2 ހެދުމަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 298،953 (ދެލައްކަ ނުވަދިހަ އަށްހާސް ނުވަސަތޭކަ ފަންސާސް ތިން ރުފިޔާ) އެވެ. ކިނޮޅަސް ކައުންސިލުން މި މަޝްރޫއަށް 180،000 (އެއްލައްކަ އަށްޑިހަ ހާސް ރުފިޔާ) ޚަރަދު ކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ކިނޮޅަސް ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު ހުސެއިންއެވެ.

ހދ.ވައިކަރަދޫ ކައުންސިލަށް ފައިސާގެ އެހީތެރިކަން ދެނީ އެރަށު ޤަބުރުސްތާން ވަށާފާރު ރޭނުމަށެވެ. މިމަޝްރޫޢަށް މިނިސްޓްރީގެ ފަރާތުން 300،000 (ތިންލައްކަ ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވައިކަރަދޫ ކައުންސިލުން މިމަޝްރޫޢަށް 55،540 (ފަންސާސް ފަސްހާސް ފައްސަތޭކަ ސާޅީސް ރުފިޔާ) ޚަރަދު ކުރާނެއެވެ. އެއްބަސްވުމުގައި ވައިކަރަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް މެމްބަރު އިމްރާހީމް މުޙައްމަދެވެ.

ރ. އަނގޮޅިތީމަށް ފައިސާގެ އެހީދެނީ އެރަށުގައި މަގުބައްތި ޖެހުމަށެވެ. މި މަޝްރޫޢަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 295،500 (ދެލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ރުފިޔާ) އެވެ. އަނގޮޅިތީމް ކައުންސިލުން މިމަޝްރޫއަށް 180،300.00 (އެއްލައްކަ އަށްޑިހަ ހާސް ތިންސަތޭކަ ރުފިޔާ) ޚަރަދު ކުރާނެއެވެ. އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޤާސިމް ހުސައިންއެވެ.

މި މަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާ ފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލުތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
0%
0%
50%
0%
ކޮމެންޓް
20 އޯގަސްޓް 2019 | އަންގާރަ 13:32
އައްބޭބެ
މި ދެން ނޫސްތަކުގައި ޖަހާވަރުގެ ބޮޑެތި މަޝްރޫއުތައްތޯ؟ ފާރުރޭނުން، ސިމެންތިޖެހުން، ކުޑަދޮރުތަކުގައި ދަވާދުލުން، ބޮކިހަރުކުރުން.