ކ. މާލެ
|
20 އޯގަސްޓް 2019 | އަންގާރަ 12:09
ފުޑްކޯޓަށް ބިޑް ކުރުމުގެ ފުރުސަތު މި މަހުގެ 28 ގެ ނިޔަލަށް ހުޅުވާލާފައިވޭ
ފުޑްކޯޓަށް ބިޑް ކުރުމުގެ ފުރުސަތު މި މަހުގެ 28 ގެ ނިޔަލަށް ހުޅުވާލާފައިވޭ
ސިމާހާ ނަސީމް
ފުޑްކޯޓް
ފުޑްކޯޓްތައް ކުއްޔަށް ދެނީ
 
ފުޑްކޯޓަށް ބިޑް ކުރުމުގެ ފުރުސަތު މި މަހުގެ 28ގެ ނިޔަލަށް ހުޅުވާލާފައިވޭ

ހާބަރު ސަރަހައްދުގައި ތަރައްގީ ކޮށްފައިވާ ފުޑް ކޯޓުތަކުގެ ތެރެއިން މިހާރު ހިދުމަތް ނުދޭ ތިން ޔުނިޓެއް ކުއްޔަށް ދޭން ނިންމައި، ބިޑަށް ހުޅުވާލައިފިއެވެ.

އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ފުޑްކޯޓަށް ބިޑް ކުރުމުގެ ފުރުސަތު މި މަހުގެ 28ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އިއްޒުއްދީން މަގާ ވީ ފަޅިން ޔުނިޓް ނަންބަރު 26 އާއި ޔުނިޓް ނަންބަރު 22 އަދި އަމީނީމަގާ ވީ ފަޅިން ޔުނިޓް ނަންބަރު 10 އެއް ކަމަށެވެ.

ފުޑްކޯޓުތައް ކުއްޔަށް ދޭން ނިންމާފައިވަނީ ބޭސް ރޭޓް، އަކަފޫޓެއް 53 ރުފިޔާގެ މަގުންނެވެ. އެސްޓީއޯ އިން ބުނީ ޕްރޮޕޯޒަލް ހުށަހަޅާއިރު، އަގު ހުށަހަޅަންވާނީ އަކަފޫޓަކަށް އެންމެ ކުޑަ ރޭޓު 53 ރުފިޔާ ނުވަތަ އެއަށްވާ ޑޮލަރުގެ ރޭޓުން ކަމަށާއި ކޮންމެ ފަރާތަކަށްވެސް ބިޑް ކުރެވޭނީ ގިނަވެގެން ދެ ޔުނިޓަށް ކަމަށެވެ. އަދި ބިޑް ކާމިޔާބު ކުރާތާ ހަތް ދުވަސް ތެރޭ އެކަން އެންގުމުން ތިން މަހުގެ ސެކިއުރިޓީ ދައްކަންވާނެ އިއުލާނުގައިވެއެވެ. މީގެ ތެރެއިން އިއްޒުއްދީން މަގާ ވީ ފަޅިން ޔުނިޓް ނަންބަރު 26 ވަނަ ފުޑް ކޯޓަކީ 960 އަކަފޫޓްގެ ޖާގައިގެ ތަނެކެވެ. ޔުނިޓް ނަންބަރު 22 އަކީ 1660 އަކަފޫޑްގެ ޖާގައިގެ ތަނެކެވެ. އަދި އަމީނީ މަގާވީ ފަޅިން ޔުނިޓް ނަންބަރު 10 އަކީ 960 އަކަފޫޓްގެ ސަރަހައްދެކެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނ ފުޑް ކޯޓުތަކުގައި ބޭނުންކުރާނެ ގޮނޑި މޭޒު ފަދަ ތަކެތި ދޭނީ އެސްޓީއޯ އިން ކަމަށާއި ފުޑް ކޯޓުތައް ކުއްޔަށް ނަގާ ފަރާތަށް އެތަނަށް އެއްވެސް ބަދަލެއް ގެނެވޭނީ އެސްޓީއޯގެ ހުއްދަ ލިބިގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
18%
0%
82%
0%
0%
ކޮމެންޓް