ކ. މާލެ
|
20 އޯގަސްޓް 2019 | އަންގާރަ 12:07
އިންޑީއާގެ އެންސީޖީޖީގެ ވަފުދު ސިވިލް ސަރވިސް ކޮމިޝަނަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން
އިންޑީއާގެ އެންސީޖީޖީގެ ވަފުދު ސިވިލް ސަރވިސް ކޮމިޝަނަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން
ސިވިލް ސާވިސް ކޮމިޝަން
އިންޑިއާ- ރާއްޖެ
އިންޑީއާގެ އެންސީޖީޖީގެ ވަފުދު ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކޮށްފި
 
މި ވަފުދު ނައިބް ރައީސް ފައިސަލް ނަސީމްއާއިވެސް ބައްދަލުކުރެއްވި
 
އިންޑިއާ އާއި ދިވެހިރާއްޖޭގެ އޮތް ގާތް ގުޅުމަށް ރައީސް އަލިއަޅުވާލެއްވި
 
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބައިވެރިވެވަޑައިގަތް

އަވަށްޓެރި އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) ގެ ވަފުދެއް ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވައިފިއެވެ.

ހޯމަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި ކޮމިޝަނުގެ މެންބަރުން ބައިވެރިވެ ވަޑައިގެންފައިވާއިރު، އެން.ސީ.ޖީ.ޖީ ގެ ފަރާތުން ރާއްޖެއަށް ވަޑައިގެންނެވީ ޑިޕާރޓްމަންޓް އޮފް އެޑްމިނިސްޓްރޭޓިވް ރިފޯރމްސް އެންޑް ޕަބްލިކް ގްރީވެންސަސް ގެ އެޑިޝަނަލް ސެކްރެޓަރީ، ޝްރީ ވީ.ސްރީނިވަސް އާއި އެން.ސީ.ޖީ.ޖީ ގެ އެސޯސިއޭޓް ޕްރޮފެސަރ ޕޫނަމް ސިންގް އެވެ.

އޭގެ އިތުރުން، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ސަންޖޭ ސުދިރް ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް ޝަމީމް ވަނީ އިންޑިއާ އާއި ދިވެހިރާއްޖޭގެ އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޝަމީމް ވިދާޅުވީ، ސިވިލް ސަރވިސް ކޮމިޝަނާއި އެން.ސީ.ޖީ.ޖީ އާއި ދެމެދު އެއްބަސްވެވުނު ފަހުމުނާމާގެ ދަށުން އަގުހުރި ފުރުސަތުތަކެއް ދިވެހި ސިވިލް ސަރވިސް އަށް ލިބިގެންދާނެ ކަމަށާއި، ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކޮށް ކުރިއަރުވައި، ސިވިލް ސަރވަންޓުން ތަމްރީނުކުރުމަށް އެހީތެރިކަންދިނުމުގެ ގޮތުން ތަޖުރިބާ ހިއްސާކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިންޑިއާގެ އެންސީޖީޖީގެ މި ވަފުދު ނައިބް ރައީސް ފައިސަލް ނަސީމްއާއިވެސް ބައްދަލުކުރައްވާފައިވާއިރު، ބުދަ ދުވަހު ސީ.އެސް.ޓީ.އައިއަށް ޒިޔާރަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މި ޒިޔާރަތުގައި ޕަރމަނަންޓް ސެކްރެޓަރީންނަށާއި ސަރުކާރުގެ އިސް އިދާރާތަކުގެ ވެރިންނަށް ޝްރީ ވީ. ސްރީނިވަސް ލެކްޗަރ އެއް ކުރިއަށްގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް