ކ. މާލެ
|
20 އޯގަސްޓް 2019 | އަންގާރަ 08:40
އަފްގާނިސްތާން
އަފްގާނިސްތާން
ބީބީސީ
އަފްގާނިސްތާން
އަފްގާނިސްތާނުގައި މިނިވަން ދުވަހާއި ދިމާކޮށް ބޮންތަކެއް ގޮއްވައިލައިފި
 
ދިހަ ތަނެއްގައި ބޮން ގޮއްވައިފައި ވޭ

އަފްގާނިސްތާނުގެ 100 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ބޮންތަކެއް ގޮއްވައިލާ އެތައްބަޔަކު ޒަހަމްވެއްޖެއެވެ.

އަފްގާނިސްތާނުގައި މިއަދު ބޮންތައް ގޮއްވައިލައިފައިވަނީ އެ ގައުމުގެ ސިޓީއެއް ކަމަށްވާ ޖަލާލްއާބާދުގައެވެ. ބޮންތައް ގޮއްވައިލައިފައިވަނީ އާންމުން އެއްވެ އުޅޭތަންތަނުގައެވެ. އެގޮތުން ރެސްޓޯރެންޓުތަކާއި ފިހާރަތަކުގައި ބޮން ގޮއްވައިފައިވެއެވެ.

ހޯމަ ދުވަހު ގޮއްވައިލި ބޮންތަކުގެ ޒިންމާ އެއްވެސް ފަރާތަކުން މިހާތަނަށް ނުނަގާއިރު ބޮންގޮއްވާލި ތަންތަނުގައި ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންގެ އިތުރުން އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ހަރަކާތްތެރިވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބޮން ގޮއްވި ހާދިސާގައި މިހާތަނަށް 34 މީހުން ޒަހަމް ވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާއިރު އަދި މިހާތަނަށް މީހަކު މަރުވެފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އާދީއްތަ ދުވަހުވެސް ވަނީ ބޮމުގެ ހަމަލާއެއް ދީފައެވެ. މިހަމަލާގެ ސަބަބުން 63 މީހުން މަރުވެފައި ވާއިރު 200 އަށް ވުރެ ގިނަމީހުން ވަނީ ޒަހަމްވެފައެވެ.

އަފްގާނިސްތާނުގެ ހާރިޖިއްޔާއިން ކުށްވެރި ކޮށްފައިވާއިރު މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް އިން ވަނީ ނަގައިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
67%
0%
33%
ކޮމެންޓް