ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 22:43
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
މުހައްމަދު ޝަރުހާން
މަޖިލިސް
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އިންޓަވިއުކުރުން ކެންސަލްކުރީ މަޖިލީހުގެ ރައީސްގެ އެދިވަޑައިގެންނެވުމުގެ މަތިން: ރޮޒެއިނާ
 
އިންޓަވިއުތައް ލަސްކޮށްލެވުނީ މަޖިލީހުގެ ރައީސް އިންޓަވިއުތައް ލަސްކޮށްދިނުމަށް އެދި ސިޓީއެއް ފޮނުވުމާއި ގުޅިގެން

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި އިންޓަވިއުކުރުމަށް ތާވަލުކުރުމަށްފަހު، އެ ބައްދަލުވުން ކެންސަލްކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެދިވަޑައިގެންނެވުމުގެމަތިން ކަމަށް މިނިވަން މުއައްސަސާތަކާއިބެހޭ ކޮމެޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވީ އިންޓަވިއުކުރުމަށް ކޮމެޓީގެ ބައްދަލުވުމުގައި ތާވަލްކޮށްފައިވަނިކޮށް، އިންޓަވިއުކުރުން ފަސްކޮށްދެއްވުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސްގެ ސިޓީފުޅެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ކެންސަލްކުރީ މަޖިލީހުގެ ރައީސްގެ ސިޓީފުޅެއް އެގޮތާސް ލިބުމުންކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ނަމަވެސް ސިޓީގެ އިތުރު ތަފްސީލެއް ރޮޒައިނާ ހާމައެއް ނުކުރައްވަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި އިންޓަވިއުކުރުމަށް މީގެކުރިންވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ތާވަލްކުރި އެވެ. ނަމަވެސް އެ ދުވަހުގެ ބައްދަލުވުން ކުރިއަށް ނުގެންގޮސް މަޑުޖައްސާލީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމްގެ އެދިވަޑައިގެންނެވުމުގެ މަތިންނެވެ. އާޒިމް އެގޮތަށް އެދިވަޑައިގެންނެވީ މުއައްސަސާތަކަށް މެމްބަރުން އައްޔަންކުރުމުގެ މަސައްކަތްކުރުމާއި، ވަކިކުރުމުގެ މަސައްކަތް ކުރުމަށް ހާއްސަ ކޮމެޓީއެއް (ސުޕަރ ކޮމެޓީއެއް) އުފެއްދުމަށް މަޖިލީހުގެ ރައީސް ޕީޖީއަށް އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ހުށަހެޅުއްވުމުންނެވެ.

ރައީސް ނަޝީދު ހުށަހެޅުއްވިގޮތަށް ސުޕަރ ކޮމެޓީއެއް އެކުލަވާލަން ނުފެންނަކަމަށް އެމްޑީޕީ ޕީޖީން ވަނީ ހޯމަ ދުވަހު (19 އޮގަސްޓް 2019) ގައި ނިންމާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް މަޖިލީހަށް ހުށަހެޅި 4 ނަން:

  1. ހުސައިން ފިޔާޒު މޫސާ، އަތަމާގެ / ތ. ވިލުފުށި
  2. އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
  3. އަހުމަދު އާހިދް ރަޝީދު، ހ. ގުރަވަ
  4. ފާތިމަތު ސައުސަން، މ. ވެންކޫވާ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް މިވަގުތު ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމާއެކު އެކަމުގެ ކަންބޮޑުވުން ކޮމެޓީގެ މެމްބަރުންނާއި ކޮމެޓީގެ މުގައްރިރު ވެސް ވަނީ ފާޅުކުރައްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ޤާނޫނު ހުސްކަމެއްގެ ތެރެއަށް ދިޔައީ ކުރިން އެ މަޤާމުގައި ހުންނެވި އްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރުގެ ދައުރުގެ މުއްދަތު ހަމަވުމުންނެވެ. އެ މަޤާމަށް އޭނާ އައްޔަންކުރީ 5 އަހަރަށް ޖޫން 22، 2014 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
33%
0%
33%
0%
33%
ކޮމެންޓް