ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 13:16
ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހޯމް މިނިސްޓްރީ
މަޝްރޫއުތައް ހިންގުން
ތިން ރަށެއްގައި މަޝްރޫއުތައް ހިންގުމަށް އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
 
މަގޫދޫ ކައުންސިލާއެކު ސޮއިކުރީ އެރަށު މަގުބައްތި މަރާމާތުކުރުމަށް ފައިސާގެ އެހީދިނުމަށް
 
ފެރިދޫ ކައުންސިލާއެކު ސޮއިކުރީ ކުޑަކުދިންގެ ޕާރކެއް އެޅުމަށް ފައިސާގެ އެހީދުނުމަށް
 
އޮޅުވެލިފުށި ކައުންސިލާއެކު ސޮއިކުރީ ޤަބުރުސްތާން ވަށާފާރު ރޭނުމަށް ފައިސާގެ އެހީދިނުމަށް

ތިން ރަށެއްގައި ތިން މަޝްރޫއެއް ހިންގުމަށް ފައިސާގެ އެހީދިނުމަށް ތިން ރަށެއްގެ ކައުންސިލާއެކު ސޮއިކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ފައިސާގެ އެހީދިނުމަށް ހޯމަ ދުވަހު ސޮއިކުރީ ޅ.އޮޅުވެލިފުށި ކައުންސިލާއި، އއ.ފެރިދޫ ކައުންސިލާއި، ފ.މަގޫދޫ ކައުންސިލާއެކު ކަމަށެވެ. މިއެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރެވެ.

ހޯމް މިނިސްޓްރީން ބުނީ އޮޅުވެލިފުށި ކައުންސިލާއެކު ސޮއިކުރީ ޤަބުރުސްތާން ވަށާފާރު ރޭނުމަށް ފައިސާގެ އެހީދިނުމަށް ކަމަށެވެ. އެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 235،643.75 (ދެލައްކަ ތިރީސްފަސްހާސް ހަސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދިހަ ފަސްލާރި) އެވެ. އޮޅުވެލިފުށި ކައުންސިލުން މިމަޝްރޫއަށް 77،209.75 (ހަތްދިހަ ހަތްހާސް ދުއިސައްތަ ނުވަރުފިޔާ ހަތްދިހަ ފަސް ލާރި ) ޚަރަދުކުރާނެއެވެ.

މިއެއްބަސްވުމުގައި އޮޅުވެލިފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނާއިބުރައީސް ޢަބުދުލް ޢަޒީޒު މުޙައްމަދެވެ.

ހޯމް މިނިސްޓްރީން ބުނީ އއ.ފެރިދޫ ކައުންސިލާއެކު ސޮއިކުރީ އެރަށުގައި ކުޑަކުދިންގެ ޕާރކެއް އެޅުމަށް ފައިސާގެ އެހީދިނުމަށެވެ.

އެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،000.00 (ތިން ލައްކަ ރުފިޔާ ) އެވެ. ފެރިދޫ ކައުންސިލުން 400،000.00 (ހަތަރު ލައްކަ ރުފިޔާ ) ޚަރަދުކުރާނެއެވެ.

އެއްބަސްވުމުގައި ފެރިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނާއިބުރައީސް އަބުދުލް މަޖީދު މޫސާއެވެ.

މީގެ އިތުރުން ހޯމް މިނިސްޓްރީން ބުނީ ފ.މަގޫދޫ ކައުންސިލާއެކު ސޮއިކުރީ އެރަށު މަގުބައްތި މަރާމާތުކުރުމަށް ފައިސާގެ އެހީދިނުމަށް ކަމަށެވެ.

މިމަޝްރޫއަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،000.00 (ތިން ލައްކަ ރުފިޔާ ) އެވެ. މަގޫދޫ ކައުންސިލުން 382،000.00 ( ތިންލައްކަ އަށްޑިހަ ދެހާސް ރުފިޔާ ) ޚަރަދުކުރާނެއެވެ.

އެއްބަސްވުމުގައި މަގޫދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަބުދުﷲ ވަހީދެވެ.

މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށް ފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެން ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް