ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 15:23
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - އެމަނިކުފާނުގެ ކޮރަޕްޝަންގެ މައްސަލައެއް ނުބަލާކަމަށް އޭސީސީން ބުނޭ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - އެމަނިކުފާނުގެ ކޮރަޕްޝަންގެ މައްސަލައެއް ނުބަލާކަމަށް އޭސީސީން ބުނޭ
ރައީސް އޮފީސް
އެންޓިކަރަޕްޝަން ކޮމިޝަން
ރައީސް ސޯލިހުގެ ކޮރަޕްޝަން މައްސަލައެއް ނުބަލަން: އޭސީސީ
 
ކުރެވޭ ތުހުމަތުތަށް ރައީސް އޮފީހުންވެސް ދޮގުކޮށްފައިވޭ
 
އެ ފައިސާއަކީ ޤާނޫނު އަސާސީއަށް އިސްލާހް ގެނައުމަށް ދެއްވި ފައިސާކަމަށް ތުހުމަތުކޮށްފައިވޭ
 
ރައީސް ސޯލިހަށް، އަދީބް 37 މިލިއަން ދެއްވިކަމަށް ތުހުމަތުކޮށްފައިވޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮރަޕްޝަން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނުބަލާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ރައީސް ސޯލިހަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދޭތޯ ސުވާލުކުރުމުން އޭސީސީއިން ބުނީ އެމަނިކުފާނާއި ގުޅޭ އެއްވެސް މައްސަލައެއް އެ ކޮމިޝަނުން ނުބަލާ ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނުގެ ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރިޝްވަތުގެ ގޮތުގައި ރައީސް ސޯލިހަށް 37 މިލިއަން ރުފިޔާ ދެއްވިކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ. އަދީބު އެ ފައިސާ ހަވާލުކުރީ ރެހެންދި ފްލެޓުގައިކަމަށްވެސް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އެ ފައިސާއަކީ 65 އަހަރު ވެފައިވާ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށާއި، 30 އަހަރު ވެފައިވާ ކޮންމެ މީހަކަށްވެސް ވެރިކަމަށް ކުރިމަތި ލެވޭނެ ގޮތަށް މަޖިލީހަށް ހުށައެޅި އިސްލާހެވެ. އެ އިސްލާހު ފާސް ކޮށްފައިވަނީ އެމްޑީޕީގެ ބައެއް މެމްބަރުންނާއިއެކު 77 މެމްބަރުންގެ ވޯޓުންނެވެ. އޭގެތެރޭގައި އޭރު އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އޭރު ހުންނެވި ރައީސް ސޯލިހު ވެސް ހިމެނި ވަޑައިގަންނަވައެވެ.

ރައީސް ސޯލިހު ކޮރަޕްޝަންގެ ފައިސާ ނެންގެވިކަމަށް ދެކެވޭ ވާޙަކަތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފައެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ސޯލިހަށް ކުރައްވާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ރައީސް ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ދުވަހު ހޭދަކުރައްވާފައެވެ. ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ވަނީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކަމަށާއި ސަރުކާރުގެ ކޮންމެ މަގާމެއްގައި ހުރި މީހަކު ނަމަވެސް ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކޮރަޕްޝަން ބެލުމަށް ރައީސް ވަނީ ކޮމިޝަނެއް ވެސް އުފައްދަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި