ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 12:41
ހެލްތް މިނިސްޓްރީ
ހެލްތް މިނިސްޓްރީ
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓްރީ
ޕޯސްޓް މެދުވެރިކޮށް ގެންނަ ބޭސް ވިއްކާނަމަ ފިޔަވަޅު އަޅާނަން: ހެލްތް މިނިސްޓްރީ
 
މިފަދަ ބޭސްތަކަކީ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭހެއް ނޫން
 
އިންޓަރނެޓް މެދުވެރިކޮށް ބޭސް އެތެރެ ކުރަންވާނީ ސައްހަ ބޭސް ސިޓީއެއް އޮވެގެން

ވިޔަފާރީގެ ގޮތުގައި އިންޓަރނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް އަދި ބޭހުގެ މާއްދާއެއް އެކުލެވޭ އެއްވެސް ބާވަތެއް އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށާއި، އެގޮތަށް އަމަލުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ބޭހާއިބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ 6.13 ގައިވާ ގޮތުގެ މަތިން އިންޓަރނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާ އެކުލެވޭ ބާވަތްތައް އަމިއްލަ ބޭނުމަށް އެތެރެ ކުރަންވާނީ، ސައްހަ ބޭސް ސިޓީއެއް އޮވެގެން ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ ވިޔަފާރީގެ ގޮތުގައި އިންޓަރނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ އެއްވެސް ބާވަތެއް އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ގަނެގެން ޕޯސްޓުގެ ޒަރީއާއިންނާއި، އަތްމަތީ ގެނެސްގެން ވިޔަފާރީގެ ގޮތުގައި އިޝްތިހާރުކޮށް، އެކިގޮތްގޮތަށް، ބޭސް ނުވަތަ ބޭހުގެ މާއްދާއެއް އެކުލެވޭ ބާވަތްތަކުގެ ބޭސްތައް ވިއްކަމުންދާކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ގޮތްގޮތަށް އެތެރެކުރާ ބޭސްތަކަކީ މިނިސްޓްރީގައި ރަޖިސްޓްރީކޮށް އޭގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭހެއް ނޫން ކަމަށާއި، ބައެއް ބޭހުގައި އެކުލެވިގެންވާ ހުރިހާ މާއްދާތައް ލޭބަލްގައި ހިމަނާފައި ނުވާކަން ފާހަގަ ކުރެވުމާއިއެކު، ބޭހުގައި އެކުލެވިގެންވާ މާއްދާތައް ކިޔަން އެނގޭނޭހެން ލޭބަލްތަކުގައި ނުހުންނަ ކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

ހެލްތް މިނިސްޓްރީން ބުނީ ގަވާއިދާއި އެއްގޮތަށް މިނިސްޓްރީއިން ނަންގަވަންޖެހޭ ހުއްދަތައް ނުނަގާ މިގޮތަށް ބޭސް އިމްޕޯޓްކޮށް ވިއްކުމަކީ މަނާކަމެއް ކަމަށާއި މިފަދަ ފަރާތްތަކާއިމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
100%
0%
0%
0%
0%
0%
ކޮމެންޓް
19 އޯގަސްޓް 2019 | ހޯމަ 17:21
ބޮޑުމީހާ
ފިޔަވަޅު އެޅޭނީ ބަސްޓްވީމަ އެއްނު .ކެކެކެ. ޕޯސްޓުން އެތެރެ ކޮއްދޭ މީހާ އަށް ފިޔަވަޅު އަޅާބަލަ؟؟؟؟
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ