ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 11:29
އަރުބާޒް ޚާން އާއި ލޯބިެވެރިޔާ ޖޯޖިއާ އެންޑްރިއާނީ
އަރުބާޒް ޚާން އާއި ލޯބިެވެރިޔާ ޖޯޖިއާ އެންޑްރިއާނީ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
އަރުބާޒް ޚާންގެ ލޯބިވެރިޔާވެސް ބޮލީވުޑަށް!
 
ޖޯޖިއާ ބޮލީވުޑަށް ތަޢާރަފްވެގެން ދާނީ "ސްރީދޭވީ ބަންގަލޯ" އިން

ބޮލީވުޑް އެކްޓަރ އަރުބާޒް ޚާންގެ ލޯބިވެރިޔާ ޖޯޖިއާ އެންޑްރިއާނީ ބޮލީވުޑް ފިލްމެއް ކުޅެން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޖޯޖިއާ ބޮލީވުޑަށް ތަޢާރަފްވެގެން ދާނީ "ސްރީދޭވީ ބަންގަލޯ" އިންނެވެ.

މި ފިލްމްގައި ޖޯޖިއާ އާއި އެކު ލީޑް ރޯލުން ފެނިގެންދާނީ ޕްރިޔާ ޕްރަކާޝް އެވެ. މީގެ އިތުރުން ޚާއްސަ ފިލްމްގައި ޚާއްސަ ފެނިލުމަކުން އަރުބާޒް ޚާން ފެނިގެން ދާނެއެވެ.

މިފިލްމާއި ގުޅޭގޮތުން ޖޯޖިއާ ބުނެފައިވަނީ މި ފިލްމްގައި މަސައްކަތް ކުރަން ފުރުސަތު ލިބުމުން އެކްސައިޓްވެފައި ހުރިކަމަށް ވަނީ ބުނެފައެވެ. އަދި ޝޫޓިން ފެށޭނެ ދުވަހުގެ އިންތިޒާރުގައި ހުރިކަމަށް ވަނީ ބުނެފައެވެ.

ޕްރަސާންތަ މަމްޕުލީ ޑައިރެކްޓް ކުރާ މި ފިލްމްގެ ވާހަކަ ބިނާކޮށްފައިވަނީ ސްރީދޭވީ ނަމަކަށް ކިޔާ ކާމިޔާބު ބަތަލާއެއްގެ އެކަނިވެރި ދިރިއުޅުމުގެ ވާހަކަ އެވެ.

އަރްބާޒްގެ ބޭބެ ސަލްމާން ޚާންގެ އަންނަން އޮތް ފިލްމް "ދަބަންގް 3" ގައި ޖޯޖިއާ ފެނިގެންދާނެ ކަމަށް ދެކެވޭ ވާހަކަ ތަކާއި ގުޅިގެން އޭނާ ބުނެފައިވަނީ އެފިލްމްގައި އޭނާ ފެނިގެންނުދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް