ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 14:15
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ ދެކުނު އޭޝިޔާގެ ސްޕީކަރުންގެ ސަމިޓް އަންނަ މަހު
 
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ
 
ރާއްޖޭގައި މިސަމިޓް ބާއްވާ މިއީ ފުރަތަމަ ފަހަރު

އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ ދެކުނު އޭޝިޔާގެ ސްޕީކަރުންގެ ހަތަރުވަނަ ސަމިޓް އަންނަ މަހު އެއްވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ ދެކުނު އޭޝިޔާގެ ސްޕީކަރުންގެ ހަތަރުވަނަ ސަމިޓް ރާއްޖޭގައި އޮންނާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހާއި 2 ވަނަ ދުވަހު ބާއްވާ މިސަމިޓްގައި ވާހަކަދައްކަވައި މަޝްވަރާ ކުރައްވާނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމާ ގުޅޭ ގޮތުން ކަމަށެވެ.

މިސަމިޓްއަށް ރައްޔިތުންގެ މަޖިލީހުން ތައްޔާރުވަމުން އަންނައިރު މިއީ ރާއްޖޭގައި މިސަމިޓް ބާއްވާ ފުރަތަމަ ފަހަރެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް