ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 11:31
ވެސްޓް މިނިސްޓަރ ފައުންޑޭޝަން އިން ބޭއްވި ޓްރެއިނިންގް ސެޝަންގެ ތެރެއިން
ވެސްޓް މިނިސްޓަރ ފައުންޑޭޝަން އިން ބޭއްވި ޓްރެއިނިންގް ސެޝަންގެ ތެރެއިން
މަޖިލިސް
މަޖިލިސް
މަޖިލީހުގެ ކޮމެޓީތަކަށް ތަމްރީން ޕްރޮގްރާމެއް ހިންގަނީ
 
ޕްރޮގްރާމަކީ މެކްސް ޕްލޭންކް ފައުންޑޭޝަން ފޯރ އިންޓަރނޭޝަނަލް ޕީސް އެން ދަ ރޫލް އޮފް ލޯ އާއި ގުޅިގެން ހިންގޭ ޕްރޮގްރާމެއް

މަޖިލީހުގެ ކޮމިޓީތަކަށް ތަމްރީން މަސައްކަތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޓްރެއިނިންގް ޕްރޮގްރާމަކީ މެކްސް ޕްލޭންކް ފައުންޑޭޝަން ފޯރ އިންޓަރނޭޝަނަލް ޕީސް އެން ދަ ރޫލް އޮފް ލޯއާއި ރައްޔިތުންގެ މަޖިލީހުން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމު ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުވައްޒިފުންނަށެވެ.

މި ޓްރެއިނިން ސެޝަންތަކަކީ ވެސްޓް މިނިސްޓަރ ފައުންޑޭޝަން އާއި ގުޅިގެން ހިންގޭ ޕްރޮގްރާމެއް ކަމަށް ކުރިން މަޖިލީހުގެ އިދާރައިން ބުނި ނަމަވެސް ފަހުން ވަނީ މި ޓްރެއިނިންގް ސެޝަންތަކަކީ މެކްސް ޕްލޭންކް ފައުންޑޭޝަން ފޯރ އިންޓަރނޭޝަނަލް ޕީސް އެން ދަ ރޫލް އޮފް ލޯއާއި ގުޅިގެން ބޭއްވޭ ޕްރޮގްރާމެއް ކަމަށް ބުނެފައެވެ.

ކޮމެޓީތަކުގެ މުވައްޒިފުންނަށް ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާއިރު ތަމްރީން ދިނުމުގެ މަސައްކަތް މި މަހުގެ 27، 28، 29 މި ތިން ދުވަހު ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ވެސް ވަނީ ވެސްޓް މިނިސްޓަރ ފައުންޑޭޝަން އިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނާއި ނައިބު މުޤައްރިރުން އަދި މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިޓްރެއިނިންގް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
50%
0%
0%
50%
0%
0%
ކޮމެންޓް