ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 08:24
ެއެއާޕޯޓް އޮފިސަރު ނިއެލް އަތަށް ކަރުދާސް ކޮޅު ދެނީ
ެއެއާޕޯޓް އޮފިސަރު ނިއެލް އަތަށް ކަރުދާސް ކޮޅު ދެނީ
ޔޫޓިއުބް
އެމެރިކާ
ޕަސެންޖަރަކާ ދިމާލަށް ''ކަލޭ ހުތުރޭ'' ބުނެގެން އެއާޕޯޓްގެ ސެކިއުރިޓީއަކު ވަޒީފާއިން ވަކި ކޮށްފި
 
ހާދިސާ ހިނގީ ޖޫން މަހު

އެމެރިކާގެ ރޮޗެސްޓާގެ އެއާޕޯޓުގެ އަންހެން ސެކިއުރިޓީ އޮފިސަރަކު ފިރިހެން ޕަސެންޖަރަކާ ދިމާލަށް ''ކަލޭ ހުތުރޭ'' ބުނެގެން ވަޒީފާއިން ވަކިކޮށްފިއެވެ.

ޖޫން މަހުގެ ހިނގި އެ ހާދިސާ އާއްމުންގެ ސަމާލު ކަމަށް އައިސްފައިވަނީ ހުތުރޭ ބުނި ފަސެންޖަރު، ނިއެލް ސްޓާރްސްނާ އެއާޕޯޓުން ވީޑިއޯ ހޯދައިގެން ޔޫޓީއުބް އަށް އަޕްލޯޑް ކުރުމުންނެވެ.

އެ ވީޑިއޯ އިން ފެންނަނީ ނިއެލް މެޓަލް ޑިޓެކްޓަރު ހުރަސް ކުރަން އުޅެނިކޮށް ސެކިއުރިޓީ އަކަށް ހުރި އަންހެން މީހާ ފަތް ޖަހާފައި އޮތް ކަރުދާސް ކޮޅެއް އޭނާ އަށް ދޭ މަންޒަރެވެ.

މެޓަލް ޑިޓެކްޓަރު ފަހަނައަޅާ ދަނިކޮށް އެ ސެކިއުރިޓީ އޮފިސަރު ހަޅޭލަވައި ނިއެލްއާ ދިމާއަށް ބުނީ، ''ކަރުދާސް ކޮޅު ނުހުޅުވަންތަ؟'' އެހެންނެވެ. އޭގައި ލިޔެފައި އޮތީ ''ކަލޭ ހުތުރު'' ކަމަށް އޭނާ ބުންޏެވެ.

އަދި އެ ކަރުދާސްކޮޅު ހުޅުވުމުން އެ އަންހެން އޮފިސަރު ހިނިގަޑެއް ޖަހާލައެވެ. ނިއެލް އަށް ކަރުދާސް ކޮޅެއް ދިނުމަށް ފަހު އޮފިސަރު ދިޔައީ އިތުރު ނޯޓު ކޮޅެއް ތައްޔާރު ކުރަމުން ކަމަށް އޭނާ ބުންޏެވެ.

އެއާޕޯޓް ސެކިއުރިޓީ ޑިޕާޓްމެންޓުން ބުނީ އެއީ އެތަނުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާ މީހެއް ކަމަށެވެ. މިހާރު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެ ޑިޕާޓްމެންޓުން ބުނީ އެފަދަ ކަންތައްތަކުގައި އެތަނުން ގެންގުޅެނީ '' ޒީރޯ ޓޮލެރެންސް'' ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
25%
33%
0%
0%
8%
33%
ކޮމެންޓް