ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 09:07
މިޝަން މަންގަލް ގައި ހަރަކާތްތެރިވާ ތަރިން
މިޝަން މަންގަލް ގައި ހަރަކާތްތެރިވާ ތަރިން
އިންޑިޔާ ޓުޑޭ
މިޝަން މަންގަލް
އަކްޝޭގެ ''މިޝަން މަންގަލް'' ތިން ދުވަހުން 70 ކްރޯޑް ހޯދައިފި
 
އަކްޝޭ ކުޅެފައިވަނީ ސައިންޓިސްޓެއްގެ ރޯލު
 
ފިލްމު ރިލީޒް ކުރީ މިނިވަން ދުވަހު

ޖަގަން ޝަކްތީ ޑައިރެކްޓްކޮށް އަކްޝޭ ކުމާރު، ވިދްޔާ ބަލަން، ސޮނާކްޝީ ސިންހާގެ އިތުރުން ކިރތީ ކުލްހަރި ހަރަކާތްތެރިވާ މިޝަން މަންގަލް ފިލްމު ރިލީޒް ކުރި ދުވަހުން ފެށިގެން އެ ފިލްމު ދަނީ ބޮލީވުޑްގައި ރަނގަޅު އާމްދަނީ އެއް ހޯދަމުންނެވެ. ފިލްމު ރިލީޒް ކޮށްފައިވަނީ އިންޑިއާގެ މިނިވަން ދުވަހުއެވެ.

ރިލީޒް ކުރި ފުރަތަމަ ދުވަހު 29.16 ކްރޯޑް ހޯދައި ދެވަނަ ދުވަހު އެ ފިލްމު ވަނީ 17.28 ކްރޯޑް ރުޕީސް ހޯދާފައެވެ. ތިން ވަނަ ދުވަހު 23.58 ކްރޯޑް ހޯދައި މިހާތަނަށް އެ ފިލްމަށް ވަނީ 70.02 ކްރޯޑް ރުޕީސް ލިބިފައެވެ.

މި ފަހަކަށް އައިސް އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ފިލްމު ނެރުމަކީ އަކްޝޭގެ ''ޓްރެޑިޝަން'' އެކެވެ. މި ފަހަރުގެ މިނިވަން ދުވަހު ނެރެނު ޖޯން އަބްރަހަމްގެ ބަޓްލާ ހައުސްވެސް ރަނގަޅު އާމްދަނީ އެއް ހޯދިއެވެ. އެކަމަކު ދެވަނަ ދުވަހު އަކްޝޭގެ ފިލްމު ވަނީ ބަޓްލާ ހައުސް އަށް ވުރެ ކުރި ހޯދާފައެވެ.

މިޝަން މަންގަލް އަކީ އިންޑިއާ އިން 2013 ވަނަ އަހަރު ލޯންޗުކުރި މާސް އޯބިޓާގެ މިޝަންގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި އަކްޝޭ ކުޅެފައިވަނީ ސައިންޓިސްޓެއްގެ ރޯލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް