ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 22:11
ދިއްދޫގައި ބޭއްވި އެއްވުމުގެ ތެރެއިން
ދިއްދޫގައި ބޭއްވި އެއްވުމުގެ ތެރެއިން
ފޭސްބުކް
މިނިމަމް ވޭޖް ބިލް
މިނިމަމް ވޭޖްގެ ބިލް އަވަސް ކުރުމަށް ގޮވާލާ ދިއްދޫގައި އެއްވުމެއް ބާއްވައިފި
 
ބިލް އަދި މަޖިލީހަށް ހުށައެއް ނާޅާ
 
އެ ރަށު ކައިރީ ރިސޯޓްތަކުގެ މުވައްޒަފުން ބައިވެރިވި

މިނިމަމް ވޭޖްގެ ބިލް އަވަސް ކޮށް ދިނުމަށް ގޮވާލާ ހއ. ދިއްދޫގައި އެއްވުމެއް ބާއްވައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި އެއްވުމުގައި ބައިވެރިވި މީހުުން ތިބީ އެ އަތޮޅުގެ ދާއިރާތައް ނިސްބަށްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފޮޓޯތައް ހިފަހައްޓައިގެންނެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝީމް ވިދާޅުވީ، އެ އެއްވުމަކީ މިނިމަމް ވޭޖްގެ ބިލް އަވަސް ކޮށްދިނުމަށް އެދި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބޭއްވި އެއްވުމެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި އަޕްލޯޑް ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެމީހުން އެއްވުން ބާއްވާފައިވަނީ އެ ރަށު ސްޓޭޖެއް މަތީގައެވެ. ހާޝިމް ވިދާޅުވީ، އެއްވުމުގައި ބައިވެރިވެފައިވަނީ އެ ރަށް ކައިރި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ. އެ ރަށުގެ ގިނަ ޒުވާނުންވެސް ބައިވެރިވި ކަމަށް އޭނާ ވިދާޅުވިއެވެ.

މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އެއް ވައުދެެވެ. މިހާތަނަށް އެ ބިލް މަޖިލީހަށް ހުށައަޅާފައެއް ނުވެއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ގޮތާ މެދު ލަފާދޭނެ ކޮމިޓީ ''ސެލެރީސް އެންޑް ވޭޖްސް އެޑްވައިޒަރީ ބޯޑް''ގެ ނަމުގައި ބޯޑެއް ރައީސް ސޯލިހު ވަނީ އެކުލަވާލާފައެެވެ.

ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ އެ ބޯޑު ގައި އިންޑަސްޓްރީ ތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން މަސައްކަތްތެރިންގެ ފަރާތުން ދެ މެމްބަރަކު ހިމޭނެއެވެ. ސަރުކާރުގެ ފަރާތުން އެއް މެމްބަރަކު ބޯޑުގައި ހިމެނި ވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
19 އޯގަސްޓް 2019 | ހޯމަ 11:21
މިގޭ
ކަލޯ މެން ތިހެން ކަރުދާސްހިފައިގެ ތިބެންޖޭނީ .
19 އޯގަސްޓް 2019 | ހޯމަ 00:21
ބޯހަލާކު
އަސްލް ޓާގެޓަކަށް ތިވީ އީދުބަނދާއިގުލިގެން ދިއްދޫގަ ބޭއްވި ފުޓްބޯލަ މެޗް ގެ ހަމަ ނުޖެހުން ހިނގާ ގެއްލުން ދީ ރާއްޖޭގެ ގިނަ އަދަދެއްގެ އާންމުން ދިއްދޫގަ އެ ބޭއްވި ހަމަނުޖެހުންތަކަށް ފާޑުކިޔާތީ އޮއްބާލަން ކުރި ކަމަކަށް