ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 18:06
ވެމްކޯގެ ކުރީގެ އެމްޑީ މުހައްމަދު ޝިފާއު (މ)
ވެމްކޯގެ ކުރީގެ އެމްޑީ މުހައްމަދު ޝިފާއު (މ)
ވެމްކޯ
ވެމްކޯ
ވެމްކޯ އަށް ބާ ޓްރަކެއް ގަތް މައްސަލާގައި ކުރީގެ އެމްޑީ އަށް ދައުވާކުރަން ފޮނުވައިފި
 
މަގާމު ނޫފުޒު ބޭނުންކޮށްފައިވާކަން ވަނީ ސާބިތުވެފައި
 
ފުރަތަމަ އެދުނީ އެއް ޓަނުގެ ޓްރަކެއް ގަތުމަށް
 
ޑަމްޕްޓްރަކް ގަންނަން ހަވާލުކޮށްފައިވަނީ އެމްޑީގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް

ވެމްކޯ އަށް ބާ ޓްރަކެއް ގަތް މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ވެމްކޯ އިން އެމަރޖެންސީކޮށް އެއް ޑަމްޕްޓްރަކް ގަތުމަށް އެއްބަސްވުން އެކުލަވާލަފައިވަނީ ޝިފާއުގެ ހިއްސާ އޮންނަ ކިއުބެކް އިންވެސްޓްމެންޓު ކުންފުންޏާ އެކުއެވެ.

ކެޕްސް ލައިޓް ހިދުމަތް ތައާރަފުކުރުމަށް އެއް ޓަނުގެ ޑަމްޕްޓްރަކެއް ހޯދުމަށް ވެމްކޯއިން އިން ރިކުއެސްޓް ކުރިއެވެ. ފަހުން އެ ރިކުއެސްޓް ފޯމަށް ބަދަލު ގެެނެސް 350 ކިލޯގެ ޑަމްޕްޓްރަކެއް ހޯދުމަށް އެދުނު ކަމަށް އޭސީސީން ކުރި ތަހުގީގުން ވަނީ ހާމަވެފައެވެ.

އަދ އެ ޑަމްޕްޓްރަކްގެ ޖަޕާނުގެ އެކްސްޕޯޓަރާއި ކަސްޓަމްސް އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔެކިޔުންތަކުން އެއީ އައު ޑަމްޕްޓްރަކެއް ނޫންކަމާއި، ބޭނުންކޮށްފައި އޮތް 350 ކިލޯގެ ޑަމްޕްޓްރަކެއްކަން އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފައެވެ.

އެ މައްސަލާގައި ހިމެނޭ ޑަމްޕްޓްރަކް އެމަރޖެންސީކޮށް ގަނެފައިވަނީ އެންމެ ތަނަކުން ކޯޓޭޝަން ހޯދައިގެންނެވެ. އެމަރޖެންސީކޮށް މުދަލެއް ނުވަތަ ހިދުމަތެއް ހޯދާނަމަވެސް އެ މުދަލެއް ނުވަތަ ޚިދުމަތެއް އެ ހޯދަނީ އެކަށީގެންވާ އަގުގައިކަން ޔަގީންކުރުމަށްޓަކައި އެއް ކޯޓޭޝަނަށްވުރެ ގިނަ ކޯޓޭޝަން ހޯދަން ޖެހޭ ކަމަށެވެ.

އެހެން ކަމުން އެ މައްސަލާގައި ކުރީގެ އެމްޑީ މަގާމު ނޫފުޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފާއިދާއެއް ހޯދާދިނުމަށް އެފަރާތުން ކުރިކަމެއްކަން ސާބިތުވާތީވެ އެ މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
11%
0%
0%
11%
78%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި