ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 12:53
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި
ހޯމް މިނިސްޓްރީ
ވިލުފުށި
ވިލުފުށި ކުޑަކުދިންގެ ޕާރކް ހެދުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
 
ފޭސް ވަން ހެދުމަށްޓަކާ ރަށު ކައުންސިލާއި މިނިސްޓްރީ އިން ހިއްސާވެގެން ހަރަދު ކުރައްވާނެ

ތ. ވިލުފުށި ކުޑަކުދިންގެ ޕާރކް ހެދުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރެވެ. ވިލުފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ހުސައިން ޢަބްދުއްސަލާމް އާދަމް އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ ކުޑަކުދިންގެ ފޭސް 1 ހެދުމަށްޓަކާ ރަށު ކައުންސިލާއި މިނިސްޓްރީ އިން ހިއްސާވެގެން ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީގެ ފަރާތުން 289131.15 ( ދެލައްކަ އަށްޑިހަ ނުވަހާސް އެއްސަތޭކަ ތިރީސް އެއް ރުފިޔާ 15 ލާރި) ހަވާލުކޮށްފައިވާއިރު ފޭސްވަން އަށް ކައުންސިލް ގެ ފަރާތުން 170،000 (އެއްލައްކަ ހަތްދިހަހާސް) ހަރަދުު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ވިލުފުށީ ކުޑަ ކުދިން ގެ ޕާކާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕާކުގެ ފޭސް 1 ގައި ކުރެވިގެންދާ މަސައްކަތްތަކުގެ ތެރޭގައި ކުޑަ ކުދިންގެ ޕްލޭ އޭރީއާއާއި ވޯކްވޭގެ މަސައްކަތް ހިމެނޭ ކަަަމަށެވެ. އިތުރަށް ވިދާޅުވީ، ޕާކު ހެދުމުގެ މަޝްރޫއު 7 މަސް ދުވަސް ތެރޭގައި ނިމިގެންދާނެ ކަމަށެވެ.

ކުޑަ ކުދިންގެ ޕާކެއް ރަށުގައި އެޅުމުގެ ކައުންސިލްގެ އެންމެ ބޮޑު މަގްސަދަކީ ރަށުގެ ކުޑަ ކުދިންނަށް ހިތްހަމަޖެހޭނެ މާހައުލެއް ގާއިމު ކޮށްދިނުން ކަމަަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ވިލުފުށީ ކުޑަކުދިންގެ ޕާކުގެ ދެ ވަނަ ފޭސްގައި އައުޓްޑޯރ ޖިމެއް ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް