ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 12:18
އަމީރުލް ހައްޖު، ޕްލޭނިންގ މިނިސްޓަރ އަސްލަމް އެނބުރިވަޑައިގަތުން
އަމީރުލް ހައްޖު، ޕްލޭނިންގ މިނިސްޓަރ އަސްލަމް އެނބުރިވަޑައިގަތުން
އިސްލާމިކް މިނިސްޓްރީ
ހައްޖު 1440
އަމީރުލްޙައްޖު އެނބުރި ރާއްޖެ ވަޑައިގެންފި
 
މިނިސްޓަރ ވަނީ ހައްޖާޖީންގެ ކަންކަން ގާތުން ބައްލަވާފައި
 
ރާއްޖެއަށް މިއަހަރު 2000 މީހުންގެ ހައްޖުކޯޓާ ލިބުނު
 
އިސްލާމިކް މިނިސްޓަރ ވަނީ މަރުހަބާ ދަންނަވާފައި

މިއަހަރުގެ އަމީރުލްހައްޖު، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ރާއްޖެވަޑައިގެންފިއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ މީހުންގެ އިސްވެރިއެއްގެ ގޮތުގައި މިނިސްޓަރ އަސްލަމް ވަޑައިގެންފައިވާއިރު، މިނިސްޓަރ ވަނީ ހައްޖުވެރިންނާއި، ހައްޖުވެރިންނާ ހަވާލުވެ ތިއްބެވި ގްރޫޕުތަކުގެ ވެރިންނާ ބައްދަލުކުރައްވައި ހައްޖާޖީންގެ ކަންކަން ގާތުން ބައްލަވާފައެވެ.

މިނިސްޓަރ އެނބުރި ރާއްޖެ ވަޑައިގެންފައިވާއިރު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރާއި، އިސްލާމިކް މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ވަނީ މިނިސްޓަރއާއި ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.

ރާއްޖެއަށް މިއަހަރު 2000 މީހުންގެ ހައްޖުކޯޓާ ލިބުނުއިރު، ރާއްޖެއިން މިފަހަރު ހައްޖަށް މީހުން ގެންގޮސްފައިވާ ގްރޫޕް ތަކަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް، ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓް، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް، އަލް ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
88%
0%
13%
0%
0%
ކޮމެންޓް