ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 10:04
އިބްރާހިމް ރިޒުވާން (ބަގޭ)
އިބްރާހިމް ރިޒުވާން (ބަގޭ)
ފޭސްބުކް
އިބްރާހިމް ރިޒުވާން (ބަގޭ)
މަރުވެފައި އޮއްވާ ފެނުނީ ފުޓުބޯޅަ ކުޅުންތެރިޔާ ބަގޭ
 
މަރުވެފައި އޮއްވާ ފެނުނީ މައްޗަންގޮޅި ކުދިރަތްމާ ގޯޅި ތެރޭގައި ހުރި ގެއަކުން

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިބްރާހިމް ރިޒުވާން (ބަގޭ) ކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަގޭ މަރުވެފައި އޮއްވާ ފެނުނީ މައްޗަންގޮޅި ކުދިރަތްމާ ގޯޅި ތެރޭގައި ހުރި ގެއަކުންނެވެ.

ފުލުހުން ބުނީ، މަރުވެފައިވާ މީހެއްގެ ހަށިގަނޑު އެމްބިއުލާންސްގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދާކަމުގެ މައުލޫމާތު އާދީއްތަ ދުވަހު ހެނދުނު ލިބިފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެގޮތުން ފުލުހުން ބުނީ، މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މީގެކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ކުޅެފައިވާ ބަގޭ އެންމެ ފަހުން ފެނިގެންދިޔައީ ވެލެންސިއާއިން މިދިޔަ ސީޒަނުގައެވެ. ވެލެންސިއާ ރެލިގޭޓްވިފަހުން އޭނާ ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ފެނިފައެއް ނުވެއެވެ.

ބަގޭގެ ކުއްލި މަރާއެކު، ފުޓުބޯޅަ އާއިލާގެ ފަރާތްތަކުން އަންނަނީ އޭނާގެ ހަނދާންތައް އާކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
3%
1%
93%
1%
1%
1%
ކޮމެންޓް
19 އޯގަސްޓް 2019 | ހޯމަ 09:08
މަސާރީ
މަރަކީ އިންސާނާއާ އެންމެ ގާތުގައިވާ އެއްކަންތައްކަން ޤަބޫލުކޮށް، އެކަމަށް ތައްޔާރުވެގެން ތިބުމަކީ ވަރަށް މުހިއްމު ކަމެއްކަން، މިފަދަ ޒުވާން އަދި ކުއްލި މަރުތަކުން ޔަޤީން ނުކުރެއްވޭތޯ؟
18 އޯގަސްޓް 2019 | އާދީއްތަ 18:29
ބޭބެ
ރޓީވީހަމައާއިއިންސާފުންކަންނުކުރާވާހަކަދަންނަވަން އަޅުގަޑުޖަވާބުދާރީއަށްތައިޔާރުރަށްހުރިވާހަކަދަންނަވން
18 އޯގަސްޓް 2019 | އާދީއްތަ 12:54
އަހަރެން
މަރުވެފައިވާ ހަށިގަނޑެއް އޮތްތަނުން ނެރޭއިރު ސާފު ފޮތިގަނޑަކުން އެއްކޮށް ނިވާކޮށްގެންގެން ގެންދިޔުމަކީ ހުރިހާ ތަހުޒީބީ މުޖުތަމައު ތަކުގައި ޢަމަލުކުރާގޮތް. މިހެން ނުވުމުގެ ސަބަބުން މި އާޓިކަލްގަައި ހިމަނާފައިވާފަދަ ފޮޓޯ ނެގުމުގެ ފުރުސަތު ވިސްނާނުލާ މީހުންނަށް ލިބެނީ. ވަރަށް ދެރަކަމެއް.
18 އޯގަސްޓް 2019 | އާދީއްތަ 12:01
ޭހމދނ
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ May Allah forgive all of his sins and grant him jannatul firdaus. Aameen.