ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 09:03
އަފްއާނިސްތާނުގެ ވެރިރަށް ކާބުލް
އަފްއާނިސްތާނުގެ ވެރިރަށް ކާބުލް
އަލްޖަޒީރާ
އަފްޢާނިސްތާން
ކާބުލްގެ ކައިވެނި ހަފްލާއެއްގައި ބޮމެއް ގޮވައި 20 މީހަކު ޒަހަމްވެއްޖެ
 
ޝީ މުސްލިމުންގެ ކައިވެނި ހަފްލާ އެއް
 
ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައެއް ނުވޭ

އަފްއާނިސްތާނުގެ ވެރިރަށް ކާބުލްގެ ކައިވެނި ހަފްލާ އެއްގައި ބޮމެއް ގޮވައި 20 މީހަކު ޒަހަމްވެއްޖެއެވެ.

ހުޅަނގު ކާބުލް ގައި ހުންނަ ''ދުބާއި ސިޓީ ވެޑިން'' ހޯލްގައި ހޮނިހިރު ދުވަހު ދިން ބޮމުގެ ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

އަފްއާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ނަސްރަތް ރަހީމީ ވިދާޅުވީ، ލަފާކުރެވޭ ގޮތުން ވިއްސަކަށް މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި އިތުުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މަންޒަރު ދުށް މީހަކު ބުނީ، އެ ހަފްލާއަކީ ޝީ މުސްލިމުން ބޭއްވި ކައިވެނި ހަފްލާއެއް ކަމަށެވެ.

ހަތިޔާރު އެޅި ސުންނީ މުސްލިމް ޖަމާއަތްތައް ކަމަށްވާ ތާލިބާނުންނާއި އައިއެސް އިން އަފްޢާނިސްތާނުގެ އިތުރުން އެ ގައުމުގެ އަވަށްޓެރިން ކަމަށްވާ ޕާކިސްތާނުގެ ޝީ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
50%
50%
0%
0%
0%
0%
ކޮމެންޓް