ކ. މާލެ
|
18 އޯގަސްޓް 2019 | އާދީއްތަ 08:50
ބެޓިކަލޯ އެއާޕޯޓް
ބެޓިކަލޯ އެއާޕޯޓް
ޑެއިލީ މިރޯ
ސްރިލަންކާ - އިންޑިއާ
ލަންކާގެ ދެ އެއާޕޯޓެއް ތަރައްގީ ކުރަން އިންޑިއާގެ އެހީ ހޯދަނީ
 
ފެރީގެ ހިދުމަށް ފަށާނެ
 
ތަމްރީނު ލިބިފައިވާ ޓީޗަރުން ބޭތިއްބުމަށް ވަނީ ހަމަޖެހިފައި

ސްރީލަންކާގެ ޖެފްނާގެ ޕަލަލީ އެއާޕޯޓާއި ބެޓިކަލޯ އެއާޕޯޓް ތަރައްގީ ކުރުމަށް އިންޑިއާގެ އެހީ ހޯދަން ވަރަށް އަވަހަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަ ސިންހަ ވިދާޅުވެއްޖެއެވެ.

ޖެެފްނާގެ މައިލައިޑީ މަސްވެރިންގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހޮނިހިރު ދުވަހު ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ، އެ ސަރަހައްދުގައި ފަތުރުވެރިކަން ގެނެސް ދެ އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާ އެކު މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. މަޝްވަރާތައް ފަށާނެ ވަކި ތާރީހެއް ބޮޑު ވަޒީރު ވިދާޅެއް ނުވެއެވެ.

ޕަލަލީ އެއާޕޯޓް ތަރައްގީ ކުރަނީ ސަރަހައްދީ އެއާޕޯޓެއްގެ ގޮތުގައެވެ. އެ ސަރަހައްދުގައި ފެރީގެ ހިދުމަތް ތައާރަފްކޮށް ފަތުރުވެރި ކަމަށް އިތުރު ޕްރްޖެކްޓްތައް ހުޅުވާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑު ވަޒީރު ވިދާޅުވީ، އުތުރު ޕްރޮވިންސް ތަރައްގީ ކުރުމަށް 14 ބިލިއަން ޑޮލަރު ހޭދަކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ސަރަހައްދުގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ތަމްރީން ލިބިފައިވާ ޓީޗަރުން ބޭތިއްބުމަށް ހަމަޖެހިފައިވާކަން ރަނިލް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
67%
0%
33%
0%
0%
ކޮމެންޓް
18 އޯގަސްޓް 2019 | އާދީއްތަ 22:03
ގެދޮރު ގެއްލިއްޖެ
100މިލިޔަން ފަގީރުންގެ ފަގީރުކަން ހައްލުކޮށްބަލަ!