ކ. މާލެ
|
17 އޯގަސްޓް 2019 | ހޮނިހިރު 22:26
ަރައީސް ސޯލިހު އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު
ަރައީސް ސޯލިހު އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އީދު ޗުއްޓީ ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގެންފި
 
ރައީސް ލަންކާއަށް ވަޑައިގެންނެވީ ލަންކާއާއި ރާއްޖެއާ ދެމެދު ކުޅުނު އެކުވެރިކަމުގެ ވޮލީ ބޯޅަ މެޗު ބެއްލެވުމަށް އީދު ޗުއްޓީ ފަސްކުރެއްވުމަށް ފަހު
 
މީގެ ކުރިން ރަސްމީ ދަތުރުފުޅެއްވެސް ކުރެއްވި
 
ލަންކާ އަށް ވަޑައިގެންނެވީ ބުދަ ދުވަހު

ރައީސް ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އީދު ޗުއްޓީ އަށް ސްރީލަންކާ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ.

އީދު ޗުއްޓީ އަށް ރައީސް ލަންކާ އަށް ވަޑައިގެންނެވީ ބުދަ ދުވަހު އެވެ. ރައީސް ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ޒިޔާރަތް ކުރައްވާފައެވެ. ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ގައުމުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. ރައީސް ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާވެސް އެ ދަތުުރުފުޅުގައި ބައްދަލުކުރައްވާފައެވެ.

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު އެ ގައުމަކީ އަމާން ގައުމެއްކަން ހާމަކޮށްދިނުމުގެ ގޮތުން ރައީސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ލަންކާ އަށް ރަސްމީ ދަތުރެއް ކުރައްވާފައެވެ. އެ ދަތުރުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
25%
0%
25%
0%
50%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ