ކ. މާލެ
|
17 އޯގަސްޓް 2019 | ހޮނިހިރު 19:26
މޯލްޑިވިއަން
މޯލްޑިވިއަން
ރާއްޖެއެމްވީ
މޯލްޑިވިއަން
މޯލްޑިވިއަނުން ކުޅުދުއްފުށީ އެއާޕޯޓަށް ކުރަމުންދާ ދަތުރުތަކުގެ ޓިކެޓު ވިއްކަން ފަށައިފި
 
ދަތުރުތަކުގެ ޝެޑިއުލް އާއި އިތުރު މައުލޫމާތެއް ބޭނުންނަމަ އެ ކުންފުނީގެ ނަންބަރަށް ގުޅުމުން އެކަމާއި ބެހޭ މައުލޫމާތު ލިބޭނެ

މޯލްޑިވިއަނުން ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ކުރަމުންދާ ދަތުރުތަކުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.

މޯލްޑިވިއަން އިން ހޮނިހިރު ދުވަހު ކުރި ޓުވީޓެއްގައި ބުނީ އެ ކުންފުނިން ހދ. ކުޅުދުއްފުއްޓަށް ކުރަމުން އަންނަ ދަތުރުތަކުގެ ޓިކެޓު ވިއްކަން ފަށައިފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށްޓައް ކުރަމުން އަންނަ ދަތުރުތަކުގެ ޝެޑިއުލް އާއި އިތުރު މައުލޫމާތެއް ބޭނުންނަމަ އެ ކުންފުނީގެ ނަންބަރަށް ގުޅުމުން އެކަމާއި ބެހޭ މައުލޫމާތު ލިބޭނެ ކަމަށެވެ.

މޯލްޑިވިއަނުން ކުރި ޓްވީޓް

މޯލްޑިވިއަނުން ބުނީ ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓެއްގެ އަގު އުޅޭނީ 1113 ރުފިޔާއަށް ކަމަށާއި ދެ ކޮޅުޓިކެޓެއްގެ އަގަކީ 2226 ރުފިޔާ ކަމަށެވެ.

ކުޅުދުއްފުށީ އެއަރޕޯޓަކީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ދެ ދުވަހަށް ވެފައިވަނިކޮށް ކުޅުދުއްފުށީގެ އެއާރޕޯޓް ނުނިމެނީސް ހުޅުއްވައިދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖެއްސި ނަމަވެސް އާންމު ދަތުރުތައް ނުފެށި ގިނަ ދުވަސް ވެފައިވަނީ ޓާރމިނަލްގެ މަސައްކަތް ނުނިމުމުގެ ސަބަބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
21%
31%
2%
21%
15%
10%
ކޮމެންޓް
18 އޯގަސްޓް 2019 | އާދީއްތަ 12:13
...
ހދ. ކުޅުދުއްފުށި. ކޮއްކޯ
17 އޯގަސްޓް 2019 | ހޮނިހިރު 22:39
ކޯލްކުރި މީހާ
ކޮންމެސް މީހަކު ބުނެދީބަލަ ކުޅުދުއްފުށިން މާލެއަށް ދަތުރުކުރާ ފުލައިޓް ޓިކެޓް ލިބޭނެގޮތް؟ މައުލޫމާތު ސާފުކުރަން ގުޅަން އިން ނަމްބަރަށް ގުޅައިގެން އިނދެ 1/2 ގަޑި އިރު ވީއިރުވެސް ކޯލް އަށް ޖަވާބުދޭނެ މީހެއް ނުވި..ބިޒީ ކަމުން..
17 އޯގަސްޓް 2019 | ހޮނިހިރު 22:39
ކޯލްކުރި މީހާ
ކޮންމެސް މީހަކު ބުނެދީބަލަ ކުޅުދުއްފުށިން މާލެއަށް ދަތުރުކުރާ ފުލައިޓް ޓިކެޓް ލިބޭނެގޮތް؟ މައުލޫމާތު ސާފުކުރަން ގުޅަން އިން ނަމްބަރަށް ގުޅައިގެން އިނދެ 1/2 ގަޑި އިރު ވީއިރުވެސް ކޯލް އަށް ޖަވާބުދޭނެ މީހެއް ނުވި..ބިޒީ ކަމުން..
17 އޯގަސްޓް 2019 | ހޮނިހިރު 20:28
އަބްދުﷲ
ހއ. ކުޅުދުއްފުށީ؟؟؟؟