ކ. މާލެ
|
17 އޯގަސްޓް 2019 | ހޮނިހިރު 19:26
އެންމެ ފަހުން ރާއްޖޭގައި ބޭއްވުނު ސާކް އަރޓިސްޓް ކޭމްޕްގެ ބައިވެރިން
އެންމެ ފަހުން ރާއްޖޭގައި ބޭއްވުނު ސާކް އަރޓިސްޓް ކޭމްޕްގެ ބައިވެރިން
އެޑްމިން
ސާކް އަރޓިސްޓް ކޭމްޕް
ސާކް އާޓިސްޓް ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
 
ދިހަ ކުރެހުންތެރިއަކަށް ކޭމްޕްގައި ބައިވެރިވެ، ކުރެހުން ދައްކާލުމުގެ ފުރުސަތު ލިބޭނެ

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާކް އަރޓިސްޓް ކޭމްޕް އެންޑް އެކްޒިބިޝަން އޮފް ޕެއިންޓިންގްސް" ގައި ބައިވެރިވުމަށް ހުޅުވާލާއިފިއެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ގައުމުތަކުގެ މެދުގައި ބާއްވާ މި ކޭމްޕްގައި ބައިވެރިވާން ބޭނުންވާ ކުރެހުންތެރިންނަށް ފުރުސަތު ހުޅުވާލާފައިވާ އިރު، ރާއްޖޭގެ ދިހަ ކުރެހުންތެރިއަކަށް އެފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތި ލިބިގެންދާނެ ކަމަށް ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސް (އެންސީއޭ) އިން ވަނީ ބުނެފައެވެ.

އެންސީއޭއިން ވަނީ މިކަމަށް ޝައުޤުވެރިވެލައްވާ ދިވެހި ކުރެހުންތެރީން، އެ ފަރާތެއްގެ ވަނަވަރާއިއެކު ޕާސްޕޯޓް ސައިޒް ފޮޓޯ އަދި 4 ކުރެހުމެއްގެ ސޮފްޓް ކޮޕީ[email protected]އަށް މެއިލް ކުރުމަށް އެދިފައެވެ. ނަން ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 19 އޮގަސްޓް 2019 ވަނަ ދުވަހުގެ 12.00 އެވެ. އެންސީއޭއިން އިތުރަށް ބުނެފައިވަނީ މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ދިހަ ކުރެހުންތެރީން ހޮވާނީ، ޖަޖުންގެ ޕެނަލަކުން ކަމަށެވެ.

ސާކް އަރޓިސްޓް ކޭމްޕަކީ، ސާކް ކަލްޗަރަލް ސެންޓަރުގެ ފަރާތުން އިންތިޒާމްކޮށްގެން ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަސްދަރެއްގެ ގޮތުގައި އާޓް ބޭނުންކޮށްގެން، ސާކްގައި ހިމެނޭ ތަފާތު ގައުމުތަކުގެ މުއްސަންދި ސަގާފަތް ދައްކާލުމާއި އެއްބައިވަންތަކަން ކުރިއެރުވުމެވެ. މި ހަރަކާތުގައި ސާކުގެ ހުރިހާ ގައުމެއްގެ ކުރެހުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރާއްޖޭގައި މި ކޭމްޕް ބޭއްވިގެންދާ ދެވަނަ ފަހަރެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ މި ކޭމްޕް ބާއްވާފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައި ކުޑަ ބަނޑޮހުގައެވެ. އަދި ކުރެހުންތެރިންގެ މަސައްކަތް ދައްކާލާފައި ވަނީ ނެޝަނަލް އަރޓް ގެލަރީގައެވެ. އެންމެ ފަހުން މި ކޭމްޕް ބާއްވާފައިވަނީ ލަންކާގައެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް