ކ. މާލެ
|
17 އޯގަސްޓް 2019 | ހޮނިހިރު 13:37
ހީނާމާގެ ހުރި ތަނުގައި ބަހައްޓާފައިހުރި މެކޭނިކަލް ޕާކިންގ ސިސްޓަމް
ހީނާމާގެ ހުރި ތަނުގައި ބަހައްޓާފައިހުރި މެކޭނިކަލް ޕާކިންގ ސިސްޓަމް
މުހައްމަދު ޝަރުހާން
ޕާކްކުރުން
ހީނާމާގެ ހުރި ތަނުގައި އަލުން ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފި
 
ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ބިރު އެބައޮތް
 
ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެ
 
އެއީ ކުރީ ސަރުކާރުން ކުރި އިސްރާފެއް

މާލެއަށް ދިމާވެފައިވާ ޕާކް ކުރުމަށް ހައްލެއް ހޯދުމަށް ހީނާމާގެ ހުރި ތަނުގައި އަލުން ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ ކުރިން އެތަނުގައި ބެހެއްޓި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކުރެވޭ ކަމަށާއި، އެއީ ކުރީ ސަރުކާރުން ކުރި ބޮޑު އިސްރާފެއް ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ހީނާމާގެ ހުރިތަނުގައި ޕާކުރެވޭ ތަނެއް ހަދަން ނިންމީ މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށާއި، ޕާކު ކުރެވޭނެ ގޮތް ހެދުމުން މަޖީދީމަގުގެ އެއްފަރާތުގައި ޕާކް ކުރާ ކުރުން މަދުކުރެވި، ޓްރެފިކްއަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި ޕާކުކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

ހީނާމާގެ ޕާކިން ޒޯންގައި ހުރި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް މިހާރު ވަނީ ނަގާފައެވެ.

ހީނާމާގެ ހުރިތަނުގައި އަލުން ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، މެކޭނިކަލް ޕާކިންގ ސިސްޓަމް ބަހައްޓާފައި ހުރި ހުރިހާ ބިމަކުން އެއެއްޗެހިތައް ނަގައި އެސަރަހައްދުގައި ޕާކިން ޒޯން ހަދާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

އެގޮތުން މާލޭ ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި ހުރި މެކޭނިކަލް ޕާކިންގ ސިސްޓަމާއި ފުރުގާން މިސްކިތް ކުރިމަތީގައި ބަހައްޓާފައިހުރި މެކޭނިކަލް ޕާކިން ސިސްޓަމް ވެސް މިހާރު ވަނީ ނަގާފައެވެ.

މާލޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައިހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް ނަގަނީ އެއީ ރައްކާތެރި ސިސްޓަމްތަކަށް ނުވާތީ ކަމަށް މީގެ ކުރިން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ސިސްޓަމްއަކީ ރާއްޖެއާ އެންމެ އެކަށީގެންވާ އެއްޗެއް ނޫން ކަމަށާއި، އެމެކޭނިކަލް ސިސްޓަމްތަކުން ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް