ކ. މާލެ
|
17 އޯގަސްޓް 2019 | ހޮނިހިރު 09:27
ވިލިމާލެ މޫދަށް އެރިއުޅުނިކޮށް ވަގަށް ނެގި ތަކެތި ހޯދާފައި
ވިލިމާލެ މޫދަށް އެރިއުޅުނިކޮށް ވަގަށް ނެގި ތަކެތި ހޯދާފައި
ޕޮލިސް
ވައްކަން
މޫދަށް އެރިއުޅުނު ބައެއްގެ ފޯނުތަކާއި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
 
ވަގަށް ނެގި ތަކެތި ހޯދާ ވެރިފަރާތާ ވަނީ ހަވާލުކޮށްފައި
 
ހައްޔަރުކުރީ 29 އަހަރުގެ މީހެއް

ވިލިމާލެ މޫދަށް އެރިއުޅުނު ބައެއްގެ ފޯނުތަކާއި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ހުކުރު ދުވަހު ވިލިމާލެ ބީޗް ކައިރީ މޫދަށް އެރިއުޅުނު ބައެއްގެ ފޯންތަކަކާއި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި ވިލިމާލެ ފުލުހުން ކުރި މަސައްކަތުން 29 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކޮށް ވަގަށް ނެގި ތަކެތި ހޯދާ އަނބުރާ ވެރިފަރާތަށް ހަވާލުކޮށްފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަޟްހާ އީދު ބަންދާ ދިމާކޮށް ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
67%
0%
0%
33%
0%
ކޮމެންޓް
17 އޯގަސްޓް 2019 | ހޮނިހިރު 22:43
ކީކޭ ބުނާނީ
އިތުރަށް ތަހުގީގު ކުރާނެ ކަމެއް ނެތެންނު. ތަކެއްޗާއި އެކު ފެނުނީ. ސޯ، އަވަހަށް އަތް ކަނޑާ އެސޮރުގެ. އޭރުން ދެންވެސް ވައްކަން ކުރުން ހުއްޓުވޭނީ.