ކ. މާލެ
|
17 އޯގަސްޓް 2019 | ހޮނިހިރު 08:49
ބަލިޖެހިއްޖެ ހާލަތެއްގައި ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެ އެޖެންސީން އިލްތިމާސްކުރޭ
ބަލިޖެހިއްޖެ ހާލަތެއްގައި ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެ އެޖެންސީން އިލްތިމާސްކުރޭ
ރާއްޖެއެމްވީ
އެޗްޕީއޭ
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
 
ބޭރަށް ހިންގުމާއި ހޮޑުލުމަކީ އާންމުކޮށް ކާއެއްޗެހީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް
 
މިދިޔަމަހު 3808 މީހުން ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިފައިވޭ

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ބުނެފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ކުރީކޮޅު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވި ނަމަވެސް އެއަދަދު ވަނީ ދަށްވެފައެވެ.

އެގޮތުން ޖެނުއަރީމަހު މިއަހަރުގެ ޖެނުއަރީ މަހު ބޭރަށް ހިންގުން ޖެހިގެން 5,500 މީހުން ރިޕޯޓުކޮށްފައިވާއިރު، ފެބްރުއަރީމަހު 3,319 މީހުން، މާރިޗް މާހު 2,636 މީހުން، އޭޕްރީލްމަހު 1,594 މީހުން، މެއިމަހު 1,639 މީހުން، ޖޫންމަހު 1,711 މީހުން އަދި ޖުލައި މަހު 3,808 މީހުން ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހު ބޭރަށް ހިންގުމާއި ހޮޑުލުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެންމެހައި ފަރާތްތަކުން ވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމަކީ އާންމުކޮށް ކާއެއްޗެހީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. އަދި އޭގެ އިތުރުން ބަލިޖެހިފައިވާ މީހެއްގެ ފަރާތުން ވެސް އެބަލި ޖެހިދާނެއެވެ.

އެޗްޕީއޭ އިން ބުނީ އެބަލިތަކާ ދުރުވުމަށް ގިނަ ކަންތައްތަކެއް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ރައްކާތެރި ބޯފެން ބުއިމާއި، ފާހާނާ ކުރުމަށް ފަހު ނުވަތަ ބޭރުން ގެއަށް އައިސް، ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަން ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުވެ، ކެއްކުމަށް ފަހު ގިނަ ވަގުތު ނުވަނީސް ކާތަކެތި ބޭނުން ކުރުމާއި ބާކީ ހުންނަ ކާބޯތަކެތި އަވަހަށް ފިނިކޮށް ރައްކާކުރުމާއި، ކާތަކެތީގައި މެހި ނުޖައްސާނެހެން މަތި ޖަހާފައި ބެހެއްޓުން ފަދަ ކަންކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ގޮވާލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
14%
29%
43%
0%
0%
14%
ކޮމެންޓް