ކ. މާލެ
|
17 އޯގަސްޓް 2019 | ހޮނިހިރު 08:52
ރަޝީދާ ތަލީބާއި އިލްހާން އުމަރު
ރަޝީދާ ތަލީބާއި އިލްހާން އުމަރު
ގޫގުލް
އިޒްރޭލު
އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ މުސްލިމް ދެ މެންބަރުންނަށް އިޒްރޭލަށް އެތެރެވުން މަނާކޮށްފި!
 
ތަލީބާއި އިލްހާން އަކީ އިޒްރޭލް ސަރުކާރަށް ފާޅުގައި ފާޑުކިޔަމުން ދިޔަ ދެ މެންބަރުން

އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ މުސްލިމް ދެ މެންބަރުން ކަމަށްވާ ރަޝީދާ ތަލީބާއި އިލްހާން އުމަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި އެވެ.

ތަލީބާއި އިލްހާން އަކީ އިޒްރޭލް ސަރުކާރަށް ފާޅުގައި ފާޑުކިޔަމުން ދާ ދެ މެންބަރުންނެވެ.

އިޒްރޭލަށް އެތެރެ ވުން މަނާ ކޮށްފައިވަނީ މި ދެ މެންބަރުންނަށް އިޒްރޭލަށް ވަނުމުގެ ހުއްދަ ދީފި ނަމަ އެއީ "ނިކަމެތި ކަމެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕް މީގެ ކުރިންވެސް ވަނީ އިޒްރޭލާއި ޔަހޫދީންނަށް ފާޅުގައި ފާޑުކިޔަމުންދާ މި ދެ މެންބަރުންނަށް އިޒްރޭލަށް ވަނުން މަނާކުރުމަށް ގޮވާލައްވައިފައެވެ.

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުއްވި ބަޔާނުގައި ވަނީ އެމެރިކާ އާއި އެ ގައުމުގެ ކޮންގްރެސް އަށް އިޒްރޭލަށް ވުރެ ބޮޑަށް އިހުތިރާމް ކުރާ ގައުމެއް ދުނިޔޭގައި ވެސް ނޯންނާނެ ކަމަށާއި ކޮންގްރެސްގެ މުސްލިމް އަންހެން ދެ މެންބަރުންގެ ދަތުރުގެ ބޭނުމަކީ އިޒްރޭލަށް ގެއްލުން ދިނުން ކަމަށެވެ.

މިގޮތަށް އިޒްރޭލުން ނިންމާފައިވަނީ ދެ މެމްބަރުން އަންނަ ހަފުތާގައި ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަށް ވަޑައިގަތުމަށް ނިންމަވައިފައިވަނިކޮށެވެ. މި ދަތުރުގައި އިޒްރޭލުގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތަލީބަކީ ފަލަސްތީން ދަރިކޮޅަށް ނިސްބަތްވާ ފަރާތަކަށްވާއިރު މި ދަތުރުގައި އޭނާ ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ މާމަ އަށް ޒިޔާރަތްކުރުމަށް ރާވާފައެވެ.

އިޒްރޭލުގެ ނިންމުމާއި ގުޅިގެން މެމްބަރު އިލްހާން ވަނީ އިޒްރޭލް ސަރުކާރުގެ ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކަށް ކުރި މަލާމާތެއް ގޮތަށް ސިފަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
50%
0%
0%
50%
0%
ކޮމެންޓް