ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 22:18
ދިއްދޫގެ އީދު ފުޓްބޯޅަ މެޗްގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން
ދިއްދޫގެ އީދު ފުޓްބޯޅަ މެޗްގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން
ހއ. ދިއްދޫ
ދިއްދޫގައި ބޭއްވި ފުޓުބޯޅަ މެޗެއްގައި ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުންދީފި
 
މެޗްގެ ރެފްރީއަށް ވަނީ ކޮންމެސް ވަރެއްގެ ގެއްލުން ތަކެއް ލިބިފަ
 
ކުޅުން ތެރިއަކު ވަނީ މެޗްގެ އޮފިޝަލުންގެ މޭޒު ނަގާ އެއްލާލާފަ
 
ހަމަނުޖެހުމުގައި ދަނޑަށާއި ތަކެއްޗަށް ވަނީ ގެއްލުން ދީފަ

އަޟްހާ އީދުގެ މުނާސަބަތުގައި ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި ކުޅުންތެރިން ހަމަ ނުޖެހުން ހިންގާ ދަޑަށާއި ތަކެއްޗަށް ގެއްލުން ދީފައެވެ.

ހުކުރު ދުވަހު ހަވީރު ކުރިއަށް ދިޔަ މި މެޗުގެ ދެވަނަ ހާފް ފެށިގެން 36 މިނެޓެއްހާއިރު ކުޅެ މެޗްގައި ކުޅެމުން އައި ދިއްދޫ ޓީނޭޖް ޓީމްގެ ކެޕްޓަނަށް ދެ ރީނދޫ ކާޑު ދައްކާ ރަތް ކާޑު ދެއްކުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކުޅުންތެރިޔާ ވަނީ ރެފްރީއަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. އެ ޓީމްގެ އެހެން ކުޅުންތެރިޔަކު އައިސް އޭނާ ހުއްޓުވުމުން ދަޑުން ފޭބުމަށްފަހު ކުޅުން ތެރިޔާ ވަނީ އޮފިޝަލުންގެ މޭޒު ނަގާ ވައްޓާލާފައެވެ.

ޓީނޭޖް ޓީމްގެ އިތުރު ކުޅުންތެރިންތަކެއް ރެފްރީ ވަށާލާ ރެފްރީއަށް ހަމަލާދޭން މަސައްކަތް ކުރުމުން ރެފްރީ ވަނީ އެތަނުން އެއް ކުޅުން ތެރިއަކަށް ރަތް ކާޑު ވެސް ދައްކާފައެވެ. ރެފްރީއަށް ވަނީ ކޮންމެސް ވަރެއްގެ އަނިޔާތަކެއް ވެސް ލިބިފައެވެ.

ހަމަނުޖެހުން ދައްކުވައުދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމިވެފައި ވާއިރު ދިއްދޫ ޕޮލިސް ސްޓޭޝަން އިން ވަނީ ހަމަ ނުޖެހުން ހުއްޓުވާފައެވެ. މި ހަމަ ނުޖެހުމުގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ.

މި މެޗްގައި ކުޅެމުން ދިޔައީ ދިއްދޫގެ ޓީނޭޖް ޓީމް އަދި ހީވެސްނުވޭ ފުޓްބޯޅަ ޓީމް އެވެ. ހަމަ ނުޖެހުން ފެށިއިރު ޓީމް ހީވެސްނުވޭ އޮތީ ދެ ލަނޑާއެކު މެޗްގެ ކުރީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
15%
0%
15%
15%
8%
46%
ކޮމެންޓް