ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 22:10
ހއ. ކެލާ ސިއްހީ މަރުކަޒުގައި ބަޔަކު
ހއ. ކެލާ ސިއްހީ މަރުކަޒުގައި ބަޔަކު
ޓްވިޓަރ
ހއ. ކެލާ
ކެލާގައި ވަރުގަދަ ހުމެއް ފެތުރެނީ، ރަށު ޑޮކްޓަރުވެސް އެޑްމިޓްކޮށްފި
 
މިހާރު ބަލިމީހުން ބަލަމުންދަނީ ހެލްތް ވޯކަރުން
 
ދެ ކުއްޖަކު ވަނީ އެޑްމިޓް ކޮށްފައި

ހއ. ކެލާ ގައި ވަރުގަދަ ހުމެއް ފެތުރި، ރަށު ސިއްހީ މަރުކަޒުގައި ހުރި ހަމައެކަނި ޑޮކްޓަރުވެސް އެޑްމިޓް ކޮށްފިއެވެ.

ކެލާ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ އިބްރާހިމް ރުޝްދީ ރާއްޖެ.އެމްވީ އަށް ވިދާޅުވީ، ގަދަޔަށް ހުން އައިސް ހޮނޑުލުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އެރަށުގައި އެންމެ ޑޮކްޓަރެއް ހުންނައިރު ހުން އައިސްގެން އޭނާ ވެސް ވަނީ އެޑްމިޓްކޮށްފައިކަމަށް ރުޝްދީ ވިދާޅުވިއެވެ. ބަލިމީހުން މިހާރު ބަލަމުންދަނީ އެ ރަށުގައި ހުންނަ ހެލްތް ވޯކަރުންނެވެ.

ރުޝްދީ ވިދާޅުވީ، ހުން އައިސްގެން 10 އަހަރުން ދަށުގެ ދިހަ ވަރަކަށް ކުދިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެެވެ. އަދި އޭގެ ތެރެއިން ދެ ކުއްޖަކު އެޑްމިޓްކޮށް ފަރުވާދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެން ތިބި ކުދިން އޮބްޒަވޭޝަންގައި ބޭއްވުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. ބޮޑެތި މީހުންވެސް ޑޮކްޓަރަށް ދައްކާފައިވާ އޭނާ ވިދާޅުވިއެވެ.

ރަށަށް އިތުރު ޑޮކްޓަރަކު ބޭނުންވާތީވެ އެކަން ހެލްތް މިނިސްޓަރީ އަށް ވަނީ އަންގާފައެވެ. ރުޝްދީ ވިދާޅުވީ، މިރޭގެ ވަގުތެއްގައި އެ އަތޮޅު ވެރިކަން ކުރާ ދިއްދޫ އިން ޑޮކްޓަރަކު ކެލާއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
6%
2%
81%
6%
5%
2%
ކޮމެންޓް
16 އޯގަސްޓް 2019 | ހުކުރު 22:34
އއްބެ
މިހާހާލުގައި ރައްޔިތުން އުޅޭއިރު ވެރިކަމަށް ހޮވާފަހުރި ގަމާރު އެދުވަނީ ކާވެނިޕާޓީ ތަކުގައި އަޗާތަޅަމުން ގައުމުގެ ބައިތުލްމާލު ހުސްކުރަމުން