ހޮނިހިރު 21 ސެޕްޓެންބަރ 2019
01 އަތަ
1441 މަހައްރަމް 22
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16
ރިޕޯޓު - އަލީ އަޝްފާގް

ދަގަނޑޭ އަކީ އަދިވެސް ހަމަ އެއްވަނަ

  • ދަގަނޑޭ އަކީ މި ސަރަހައްދުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް
  • ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ ވެސް ދަގަނޑޭ އަތުގައި
  • އޭނާ އަށް ވަނީ ޔޫރަޕްގައި ކުޅުމުގެ ފުރުސަތުވެސް ލިބިފައި

އަތޫފް އާތިފް
AthifAthoof

ކ. މާލެ 17 އޯގަސްޓު 2019 | ހޮނިހިރު 10:33 11,053

އަލީ އަޝްފާގް - ފޭސްބުކް

އުމުރުން އެންމެ 16 އަހަރުގައި ވެލެންސިއާ ޖާޒީގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑަށް ނިކުމެފައިވާ އަލީ އަޝްފާގް (ދަގަނޑޭ) އަކީ ދިވެހި ފުޓުބޯޅައިގައި މިހާތަނަށް އައި އިރު އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. މިހާތަނަށް އައިއިރު އޭނާ ވަނީ އޭނާ އަކީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ކިހާ މުހިންމު ކުޅުންތެރިޔެއްކަން ސާބިތު ކޮށްދީފައެވެ. ގައުމީ ޖާޒީގައި އޭނާ ވަނީ ދިވެހިންނަށް އެތަކެއް ޖާދޫތަކެއް ދައްކުވައިފައެވެ. އަދި މިހާރު ވެސް އޭނާ ކުޅެމުން އަންނަ ގްރީން ސްޓްރީޓްގެ ޖާޒީގައި މި ޖާދޫވީ ކުޅުން އޭނާ ދައްކުވައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގަށް ގައުމީ ޓީމުން ފުރުސަތު ހައްގުވާ ކަމަށް ގިނަ ކޯޗުންނާއި ކުޅުންތެރިން ބުނަމުން އަންނަ އިރު އާންމުން ދަނީ ކޯޗު ސެގާޓް ގެ ނިންމުމާއި ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.

ަައަޝްފާގު

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެތަކެއް ފަހަރު ހޯދައިފައިވާ ދަގަނޑޭ އަކީ ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. މީގެ އިތުރުން ފުޓުބޯޅައިގައި ރާއްޖޭގެ ކުޅުންތެރިޔަކަށް އަވަސް މުސްތަގުބަލެއްގައި އޭނާ ހަދައިފައިވާ ރެކޯޑްތަށް މުގުރައިލުމަކީ ހަމަ ޔަގީނުންވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެ ގޮތުން އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހިމެނެއެވެ. މީގެ އިތުރުން ދަގަނޑޭ އަކީ ސާފް ޗެމްޕިއަންޝިޕްގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

ގައުމީ ޖާޒީގައި އޭނާ ވަނީ އޭނާ ގައިން ލޭ އޮހުރުނު ކަމުގައި ވިޔަސް ދޫ ނުދޭނޭކަން އެތަކެއް ފަހަރު ސާބިތުކޮށްދީފައެވެ. އެގޮތުން 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި އޭނާ ވަނީ ލިބުނު އަނިޔާ އާއިއެކު ވެސް މެޗު ކުޅެފައެވެ. އަދި އޭނާ އަކީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސްމެއެވެ.

ދަގަނޑޭ އަށް ގައުމީ ސްކޮޑުން ފުރުސަތު ގެއްލުނީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ދެކޮޅަށް ކުޅެނު މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްއަށް ހާޒިރު ނުވުމުންނެވެ. އޭގެ ފަހުން ދަގަނޑޭ އަށް ގައުމީ ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ. ގައުމީ ސްކޮޑުން ދަގަނޑޭ ނުނަގަނީ އުމުރު ދޮށިވުމުން ކަމަށް ކޯޗު ވަނީ ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއް ގައި ބުނެފައެވެ.

އަޝްފާގާއެކު މިނިސްޓަރ މަހްލޫފް އަދި މިނިސްޓަރ އަލީ ވަހީދް

ދަގަނޑޭ އަށް ގައުމީ ޓީމުން ޖާގަ ދޭންޖެހޭނެކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފް ވެސް ވަނީ ދާދި ފަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައެވެ. މަހްލޫފް ވިދާޅުވީ އޭނާ ނަގާ ފުރަތަމަ އެގާރައިގައި އަދިވެސް ދަގަނޑޭ ހިމަނާނެ ކަމަށެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވީ ދަގަނޑޭ އަކީ ގައުމީ ސްކޮޑުގައި ހިމަނަންޖެހޭ ކުޅުންތެރިއެއްކަން އެބޭފުޅާ ގަބޫލުކުރާ ކަމަށާއި، ދިވެހި ސަޕޯޓަރުންގެ އެދުން އެފްއޭއެމް އާއި ރަސްމީކޮށް ހިއްސާކޮށްދެއްވާނެ ކަމަށެވެ.

ކްލަބް ގްރީން ސްޓްރީޓްސް ގެ ކޯޗު ސުޒެއިން ބުނީ މިވަގުތު ޓީމުން ދަގަނޑޭ ބާކީ ކުރުން އެއީ ރަނގަޅު ކަމެއް ނޫންކަމަށާއި ޓީމަށް ގައުމީ ރޫހު ގެނަސްދެވޭނެ ފަދަ ސީނިއަރ ކުޅުންތެރިން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ކޮލިފައިންގެ މެޗުތަކަކީ ގައުމީ ޓީމަށް މުހިންމު މެޗުތަކެއް ކަމަށާއި ގުއާމް އަކީ ވެސް އާދައިގެ ޓީމެއް ގޮތަށް ވިސްނައިގެން ނުވާނެކަމަށެވެ.

މީގެ އިތުރުން ސުޒެއިން ވަނީ ކޯޗަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެގޮތުން ސުޒެއިން ބުނީ ސެގާޓް އަކީ ކާމިޔާބު ހޯދަން މަސައްކަތް ކުރާ ކޯޗެއް ނޫންކަމަށެވެ.

އަޝްފާގް

"އެފްއޭއެމްއިން ދިވެހި ސަޕޯޓަރުންގެ އާދޭސް އަހާނީ ކޮންދުވަހަކުންތޯ؟ ދިވެހި ފުޓުބޯޅަ ހަލާކުވަނީ އެފްއޭއެމްގެ ނިންމުންތައް ގޯސްވުމުން! ދިވެހިން ބޭނުންވަނީ މި ސަރަހައްދުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއާއިއެކު ކޮލިފައިންގެ މެޗުތަކާއި ކުރިމަތިލާން"

~ ސަޕޯޓަރަކު ސޯޝަލް މީޑިއާގައި ލިޔެފައިވާ ލިޔުމެއް

ފުޓުބޯޅައަށް ލޯބިކުރާ ގިނަ މީހުންގެ އާދޭހަކީ ދަގަނޑޭ އާއިއެކު ކޮލިފައިންގެ މެޗުތަކާއި ގައުމީ ޓީމު ކުރިމަތި ލުމެވެ. ސަޕޯޓަރުންގެ އާދޭސް ފުރިހަމަ ކޮށްދިނުމަކީ އެފްއޭއެމްއިން ކުރަން ޖޭހޭނެ ކަމެކެވެ. ހަމައެއާއިއެކު ދަގަނޑޭ ފަދަ ސީނިއަރ ކުޅުންތެރިންގެ ބޭނުން ގައުމީ ޓީމަށް ޖެހިފައިވާ މިދަނޑިވަޅު އެކުޅުންތެރިން ނުލާ ގައުމީ ޓީމު ކޮލިފައިން އާއި ކުރިމަތިލުން ވެގެންދާނީ ދިވެހި ސަޕޯޓަރުންގެ އާދޭސް ތަކުގައި އެފްއޭއެމް އިން ކޮޅުފައިން ޖެހުން ކަމުގައެވެ. އެހެން ކަމުން ސަޕޯޓަރުންނާއި ތަޖުރިބާކާރު ކޯޗުންގެ އެދުން އެފްއޭއެމް އިން ފުރިހަމަ ކޮށްދޭންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް