ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 18:47
ކާޕޭ ޑީއެމް ރިސޯޓު
ކާޕޭ ޑީއެމް ރިސޯޓު
ކާޕޭޑީއެމްބީޗްރިސޯޓް.ކޮމް
ކާޕޭ ޑީއެމް ރިސޯޓު
ކާޕޭ ޑީއެމް ރިސޯޓު އަލުން ހުޅުވަނީ
 
މި ރިސޯޓުގައި 115 ވިލާ ހިމެނޭ

ރ އަތޮޅު ހުރުވަޅީގައި ތަރައްޤީކޮށްފައިވާ ކާޕޭ ޑީއެމް ރިސޯޓުގެ ނަން ދަ ސްޓޭންޑަރޑް ހުރުވަޅި މޯލްޑިވްސްއަށް ބަދަލުކޮށް މި އަހަރުގެ ފަހުކޮޅު ހުޅުވުމަށް ނިންމައިފިއެވެ.

މި ރިސޯޓުގެ ނަން ބަދަލުކުރުމަށް ނިންމާފައިވަނީ ރިސޯޓުގެ ހިންގުން އެމެރިކާގެ ކުންފުންޏެއްކަމަށްވާ ސްޓޭންޑަރޑް އިންޓަރނޭޝަނަލް ކުންފުންޏާއި ހަވާލުކުރުމާއި ގުޅިގެންނެވެ.

ރ އަތޮޅުގައި ތަރައްޤީކޮށްފައިވާ މި ރިސޯޓުގައި 115 ވިލާ ހިމެނޭއިރު އޭގެ ތެރޭގައި ވޯޓަރ ވިލާއާއި ބީޗް ވިލާތައް ހިމެނެއެވެ.

ވިލާތަކުގެ އިތުރުން މި ރިސޯޓުގައި 6 ރެސްޓޯރެންޓް ހުރެއެވެ. އެކި ޤައުމުތަކުގެ ކެއުންތައް މި ރެސްޓޯރެންޓުތަކުން ލިބިގެންދާއިރު އެންމެ މި ރިސޯޓުން ދިވެހި ކެއުންތައް ލިބިގެންދާނެއެވެ. އަދި ރެސްޓޯރެންޓްގައި ތައްޔާރުކުރާ ކެއުންތަކަކީ އެ ރިސޯޓުގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުން ތައްޔާރު ކުރާ ކެއުންތަކެވެ.

ރިސޯޓުގެ ނަން ބަދަލުކޮށް މި އަހަރުތެރޭ ހުޅުވުމަށް ނިންމާފައިވައިވީ ނަމަވެސް އެ ރިސޯޓު އަލުން ހުޅުވާނެ ދުވަހެއް އަދި ނޭނގެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
50%
0%
ކޮމެންޓް