ކ. މާލެ
|
16 އޯގަސްޓް 2019 | ހުކުރު 19:04
މި ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެންބަރު މަހު
މި ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެންބަރު މަހު
ޓްވިޓަރ
"ލިޓިލް ވިމެން"
"ލިޓިލް ވިމެން"ގެ ޓްރެއިލަރ އާންމު ކޮށްފި
 
ފިލްމުން 1860 ގެ އަހަރު ތަކުގައި ނިއު އިންގްލޭންޑް ގައި ދިރިއުޅުނު އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންގެ ދިރިއުޅުން ދައްކާދެނެ
 
ލުއިސާ މެ އެލްކޮޓްގެ ވާހަކަ އެއްގެ މައްޗަށް ބިނާ ކޮށް ހަދާފާވާ ފިލްމެއް
 
މި ފިލްމުން އެމެރިކާގެ މަޝްހުރު ތަރިން ފެނިގެން ދާނެ

ގްރްޓާރ ގާރވިގް ގެ ފިލްމް "ލިޓިލް ވިމެން"ގެ ޓްރެއިލަރ އާންމު ކޮށްފިއެވެ.

އެމެރިކާގެ އެކްޓަރ، ސްކްރީން ރައިޓަރ އަދި ޑިރެކްޓަރ ގްރްޓާރގެ މި ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެންބަރު މަހުއެވެ.

ލުއިސާ މެ އެލްކޮޓްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފާވާ މި ފިލްމަކީ 1860 ގެ އަހަރު ތަކުގައި ނިއު އިންގްލޭންޑްގައި ދިރިއުޅުނު އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންގެ ހަޔާތް ދައްކާދޭ ފިލްމެކެވެ.

އެމެރިކާގެ މަޝްހޫރު ތަރިން ކަމަށްވާ ސިއަރޝާރ ރޯނަން، ޓިމޮތީ ޝަލަހްމޭ، މެރީލް ސްޓްރީޕް، ލައުރާ ޑޭރން، އެމާ ވަޓްސަން، ފްލޮރެންސް ޕިއު، އެލީޒާ ސްކެލެން އަދި ޓްރޭސީ ލެޓްސް މި ފިލްމުން ފެނިގެން ދާނެއެވެ.

އެމާ ވަޓްސަން ފިލްމުން ފެނިގެންދާނީ ކުރިން އެމާ ސްޓޯން ފެނިގެން ދިއުމަށް ހަމަޖެހުނު ރޯލުންނެވެ. އެހެން ނަމަވެސް އެމާ ސްޓޯން ވަނީ ފިލްމުގެ ޝޫޓިންއާ އޭނާގެ ޝެޑިއުލާ ބުރުއަރާތީ ފިލްމު ދޫކޮށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް